Fetured Image
ޙިޖާމާ ޖެހުމާއި ތެެރަޕީ

ޝުބާސް ޙިޖާމާ ކްލިނިކުން ދުނިޔޭގެ އޯޓިޒަމް ދުވަހާއި ގުޅިގެން މިފަދަ ކުދިންގެ ތެރެއިން ފުރަތަމަ ނަންނޯޓް ކުރައްވާ 40 ކުދިންނަށް ޙިޖާމާ ފަރުވާގެ ފުރަތަމަ ސެޝަން ހިލޭ!

އެޕްރީލް މަހުގެ 2 ވާ ހުކުރުދުވަހަކީ 2021 ވަނަ އަހަރުގެ ދުނިޔޭގައި އޯޓިޒަމް އަށް ހޭލުންތެރިކުރުން ފާހަގަކުރާ ދުވަހެވެ. މިދުވަހާއި ގުޅިގެން ޝުބާސް ޙިޖާމާ ކްލިނިކުގެ ފަރާތުން އިސްނަގައިގެން އޯޓިޒަމް ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ޙިޖާމާ ފަރުވާ ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އޯޓިޒަމް ހުންނަ ކުދިންނަށް ޙިޖާމާގެ ފަރުވާ ހޯއްދަވަން ނަންނޯޓް ކުރުމަށް އެދިލައްވާ ފުރަތަމަ ސާޅީސް ކުދިންނަށް ޙިޖާމާގެ ފުރަތަމަ ސެޝަން، އެއްވެސް އަގަކާއި ނުލާ ދިނުމަށްވަނީ ހަމަޖެހިފައެވެ. މިސާޅީސް ކުދިންނަށް ފަރުވާދިނުން ކުރިއަށް ގެންދާނީ އެކިދުވަސްތަކަށް ބަހާލައިގެންނެވެ. އަދި ނަންނޯޓް ކުރައްވާއިރުގައި އެކުއްޖާއަކީ އޯޓިޒަމް ހުންނަ ކުއްޖެއްކަން އެނގޭނެފަދަ ލިޔުމެއް ޙިއްސާކޮށްލަދެއްވުމަކީ އަޅުގަނޑުމެން އެދޭ ވަރަށްބޮޑު އެދުމެކެވެ.

އަޅުގަނޑުމެންގެ ތަޖުރިބާގައި މިފަދަ ކުދިންގެ ހަރަކާތްތަކާއި، އުޅުމަށާއި، ބުއްދިއަށް އަދި ބަސްމޮށުންތެރިކަމަށް الله ގެ ރަޙުމަތްފުޅާއިއެކު ޙިޖާމާ ފަރުވާގެ ސަބަބުން ވަރަށް ރަނގަޅު ބަދަލުތަކެއް އައިސް އެދެވޭ ނަތީޖާތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.


ސަބަބަކީ ޙިޖާމާގެ ފަރުވާއަކީ އެންމެ ރަނގަޅު ފަރުވާ ތަކުގެ ތެރެއިން ހިމެނޭ އެއް ފަރުވާކަމަށްވާތީއެވެ. ޙިޖާމާ ފަރުވާގެ ސަބަބުން ނާރުތަކަށް ދިމާވެފައިވާ ތަފާތު މައްސަލަތައް ރަނގަޅު ކޮށްދިނުމަށް އެހީވެދެއެވެ. އަދި ޙިޖާމާ ފަރުވާގެ ސަބަބުން ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށްވެސް އެހީވެދެއެވެ. ނަތީޖާއެއްގެ ގޮތުން އޯޓިޒަމް ކުދިންގެ ކިބައިގައި ހުންނަ އާދަޔާ ޚިލާފު އެކިކަހަލަ ހަރަކާތްތަކަށާއި އެކުދިންގެ ތަފާތު އުޅުމަށާއި އެކުދިންގެ ތޫނުފިލިކަމަށް ހެޔޮ ބަދަލުތަކެއް އައުމަށް މަގުފަހިވެގެންދެއެވެ.


ވީމާ،ޙިޖާމާގެ ފަރުވާ ހޯއްދަވަން ނަންނޯޓް ކުރުމުގެ ފުރުޞަތު މިއަދު (27 މާރިޗު 2021) ވީ ހުކުރުދުވަހުގެ މެންދުރު 2:00 ން ފެށިގެން ހުޅުވާލެވިފައިވާނެއެވެ. ނަން ނޯޓް ކުރުމުގެ ފުރުޞަތުގެ އެންމެ ފަހު ތާރީޚަކީ (2 އޭޕްރިލް 2021) ވާ އަންގާރަދުވަހުގެ އިރުއޮއްސި 6:00 ޖަހަންދެނެވެެ. އަދި މިއަށްފަހު ނަންނޯޓް ކުރުމަށްޓަކައި ފޮނުވާ ނަންތައް ބަލައިނުގަނެވޭނެ ވާހަކަވެސް ހިތާމަޔާއިއެކު ދަންނަވާލަމެވެ. ޙިޖާމާގެ ފަރުވާ ހޯއްދަވާލެއްވުމަށް އެދި ނަންނޯޓް ކުރުމަށް ހަމަޖެހިފައިވަނީ އަޅުގަނޑުމެންގެ ވެބްސައިޓް މެދުވެރިކޮށެވެ.ވެބްސައިޓް އަށް ޒިޔާރަތް ކޮށްލެއްވުމަށްޓަކައި ތިރީގައިވާ ލިންކަށް ފިތާލެއްވުން އެދެމެވެ.

ތިރީގައިވާ ލިންކް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދެވުން އެދެމެވެ.