އާމަނަކަ ގަސް ނުވަތަ ކާސްޓަރ އޮއިލް ޕްލާންޓް އަކީ ފަސޭހައިން ހައްދާލެވޭ އަދި ރާއްޖޭގެ ގިނަ ރަށްރަށުންވެސް ލިބެންހުންނަ މިގަހުގެ ހުރިހާ ބައެއްވެސް ބޭސް ތައްޔާރުކުރުމަށް ބޭނުންކުރެވޭ ފައިދާ ބޮޑު ގަހެކެވެ. އާމަނަކަ ގަހުގެ އަސްލު އުފެދިގެން އައިސްފައިވަނީ އެފްރިކާއިން ކަމުގައި ބުނެވެއެވެ. އާމަނަކަ ގަހުގެ ފަތަކީ ހިތިކަން ހުންނަ އޮފު ފެހިކުލައިގައި ހުންނަ ފަތެކެވެ….
މައްސަރުކަންތައް ޖެހި ދިގުލައިގެން ދިއުމުންނާއި ލޭގަނޑުގަނޑަށް އައުމަށާއި ފައިބްރޮއިޑްސް، ސިސްޓް އަދި އެންޑޯމެޓްރިއޯސިސްގެ ސަބަބުން ވިޔަސް މައްސަރު ކަންތައް ދިގުލައިގެންދާނަމަ މިކަން ރަނގަޅުކޮށްދިނުމަށް މިމާމުއި ބޭނުން ކުރުމުން އިންޝާﷲ އެހީވެދޭނެއެވެ. ބޭނުންކުރާނެ ގޮތްދެއިރު ނުވަތަ ބޮޑުވަރުވެފައިނަމަ ތިންއިރު އިރަކު ސައިސަމްސަލެއްގެ މާމުއި ބޯލާނީއެވެ. އެއަށްފަހު ތާފަނާކޮށް ހުންނަ ފެންތައްޓެއް ބޯލާނީއެވެ.