الله تبارك وتعالى ޚަލްޤު ކުރެއްވެވި ކޮންމެ އެއްޗަކަށްވެސް ނިމުން އަންނާނެއެވެ. الله تبارك وتعالى ގެ ޒާތުފުޅު ފިޔަވައި ދުނިޔެއާއި އުޑުތަކާއި އަދި މުޅިކާއިނާތުގައިވާ ދިރުން އެއްކޮށް މަރުވެ ހަލާކުވެ ނެތިގެންދާނެއެވެ. މަރަކީ އަޅުގަނޑުމެންނަށް ދުނިޔެމަތީގައި ޔަގީންވާ އެންމެ ބޮޑު ހަގީގަތެވެ. الله تبارك وتعلي ވަޙީކުރައްވާފައިވެއެވެ: «ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެތެވެ»….