Fetured Image
ދީނީ މަޢުލޫމާތު

ޝުބާސް ޙިޖާމާގެ ޚިދުމަތް އާހަރުފަތަކަށް!

ޝުބާސް ޙިޖާމާގެ އޮފިޝަލް ވެބްސައިޓް އަށް މަރުޙަބާ.

ޝުބާސް ޙިޖާމާ އެންޑް ހަރބަލް މެޑިސިންގެ އޮފިޝަލް ވެބްސައިޓް މާތް ﷲގެ ރަޙްމަތާއިއެކު މި ތަޢާރަފްކުރީ ޝުބާސް ޙިޖާމާއިން ޚިދުމަތް ހޯއްދަވާ އަދި ހެޔޮއެެދޭ ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުން ޝުބާސް ޙިޖާމާ ގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ، އުފެއްދުންތަކުގެ މަޢުލޫމާތު އެންމެ ފުރިހަމަގޮތުގައި ގެނެސްދިނުމުގެ ނިޔަތުގައެވެ.

މިހާރު ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުމެންގެ މިސައިޓް މެދުވެރިކޮށްގެން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދޭނެއެވެ.އަދި އެޕޮއިންޓްމަންޓް ލިބުނުކަން ޔަގީންކޮށްލުމަށްޓަކައި ޝުބާސް ޙިޖާމާގެ ފަރާތުން ޚިދުމަތަށް އެދިލެއްވި ފަރާތަށް ގުޅާލާނެއެވެ. ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެގޮތްވުމަކީ ހުރިހާ ފަރާތްތަކަށްވެސް އެކަމުގައި ލުއިފަސޭހަކަމަކަށް ވުމުގެ އިތުރުން ފޯނުންގުޅުއްވައިގެން އެޕޮއިންޓްމަންޓް ހެއްދުމަށް ހޭދަވާ ވަގުތު ކުޑަވާނެ ކަމެއްކަމުގައިވެސް އަޅުގަނޑުމެން ދެކެމެވެ.

މިފެށޭ އޮގަސްޓް މަހުގެ 01 ވަނަދުވަހުން ފެށިގެެން އަޅުގަނޑުމެންގެ ޙިޖާމާ ފަރުވާގެ ޚިދުމަތް ދޭން އިންޝާﷲ ފަށާނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މި ސައިޓުން ލިބެންހުންނާނެ މަޢުލޫމާތުތަކުގެ ތެރޭގައި :
•އިސްލާމީ ދުނިޔޭގެ ޚަބަރުތައް
•ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ ތެރެއިން
•ޝުބާގެ ޚާއްސަ ބްލޮގް
•ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ފީޑްބެކްސްތައް

އަދި ކުރިމަގުގައި އިތުރު ކަންތައްތަކާއި މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް އިންޝާﷲ ތަޢާރަފް ކުރާނެ ވާހަކަވެސް މިފުރުޞަތުގައި ފާހަގަކޮށްލަމެވެ.

އަޅުގަނޑުމެންނަށްތިދެއްވާ އެއްބާރުލުމާއި ކޮށްދެއްވަވާ ހެޔޮދުޢާތަކަށް ވަަރަށް އިޚްލާސްތެރި ޝުކުރެއް އަދާކުރަމެވެ.އަޅުގަނޑުމެންގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ހިތްހަމަޖެހުމަކީ އަޅުގަނޑުމެންނަށްވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.