Fetured Image
ޙިޖާމާ ޖެހުމާއި ތެެރަޕީ

ޙިޖާމާއަށް ތައްޔާރުވުން

ޙިޖާމާ ފަރުވާގެ ކުރިން ކަންކުރުން އެދެވިގެންވާ ގޮތްތައް

• ޙިޖާމާ ފަރުވާގެ 1 ގަޑިއިރު ނުވަތަ 2 ގަޑިއިރު ކުރިން ފެންވަރާލައިގެން ހުރުން
• ޙިޖާމާގެ ފަރުވާނެގުމުގެ 2 ގަޑިއިރު ނުވަތަ 3 ގަޑިއިރު ކުރިން ކާންބޭނުންވެލައްވާނަމަ ކާލައިގެން ހުރުން ރަނގަޅު
• ޙިޖާމާގެ ފަރުވާއަށް ދުވަސްވީބޭފުޅުންނާއި 7 އަހަރުން ދަށުގެ ކުދިން އެހީތެރިއަކާއިއެކު ވަޑައިގެންދެއްވުން އެދެން
• ޙިޖާމާގެ ފަރުވާ ނެންގެވުމަށް ވަޑައިގަތުމުގެ ކުރިން ހަށިގަނޑުގައި ޒަހަމްވެ ނުވަތަ ރޯކޮށްހުރި ފާރުގަނޑެއް ހުރިނަމަ އެތަނެއް ބޭސް މަލަން ނުވަތަ ބޭންޑްއެއިޑް ފަދަ އެއްޗަކުން ނިވާކުރައްވައިގެން ވަޑައިގަތުން
• ބައްޔަކަށް ބޭހެއް ބޭނުންކުރައްވާނަމަ ޙިޖާމާގެ ފަރުވާގެ 1 ގަޑިއިރު ވަރު ކުރިން ބޭސްބޭނުންކުރައްވައިގެން ވަޑައިގެންދެއްވުންއެދެން
• ޑަޔަލިސިސްގެ ފަރުވާ ނަންގަވަމުން ގެންދަވާ ފަރާތެއް ޙިޖާމާގެ ފަރުވާ ހޯއްދަވާލަން ބޭނުންފުޅުވާނަމަ 1 ދުވަސް ދޫކޮށްލުމަށްފަހު ޙިޖާމާގެ ފަރުވާ ހޯއްދެވުމަށް އެދެން

• އަދި ލޭދިޔާކުރާ ބޭހެއް ބޭނުންކުރައްވާނަމަ 3 ގަޑިއިރު ކުރިން ބޭސްބޭނުންކުރައްވައިގެން ވަޑައިގެންދެއްވުން އެދެން
• އަންހެންކަނބަލުން އިންފަރޓިލިޓީ އަށް ޙިޖާމާގެ ފަރުވާ ހޯއްދަވަން ވަޑައިގަންނަވާއިރު ޕީރިއަޑުވެ ރަނގަޅުވާތާ 2 ވަނަ ނުވަތަ 3 ވަނަ ދަވަހު ފަރުވާ ހޯއްދެވުމަށް ވަޑައިގެންދެއްވުން އެދެވިގެންވޭ.އަދި ދެމަފިރިންގެވެސް އިންފަރޓިލިޓީ މައްސަލައިގެ މެޑިކަލް ރިޕޯރޓްސްތައް ހުށައެޅުން އެދެން
• ތެލެސީމިއާ، ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ފަރާތެއްނަމަ 2 ދުވަސްވަރު ދޫކޮށްލައްވާފައި ޙިޖާމާގެ ފަރުވާ ހޯއްދެވުން އެދެވިގެންވޭ
• ބޮޑު އޮޕަރޭޝަން އެއް ކުރައްވާފައިވާނަމަ ޙިޖާމާގެ ފަރުވާ ހޯއްދެއްވުމުގެ ކުރިން 3 މަހާއި 6 މަހުގެ މުއްދަތެއް ދޫކޮށްލައްވާފައި ޙިޖާމާ ފަރުވާ ހޯއްދެއްވުން އެދެވިގެންވޭ
• ގާތުންކިރުދޭ މައެއް ނަމަ ދަރިފުޅަށް 6 މަސްވުމުގެ ކުރިން
ހިކެން ހިޖާމަ ޖެހުން ރަނގަޅެއް ނޫން
• ހުންއައިސްފައި ހުންނައިރު ޙިޖާމާގެެ ފަރުވާ ހޯދުން ރަނގަޅެެއްނޫން

ސަމާލުކަން ދެއްވަންވީ އިތުރު ކަންކަން

ޙިޖާމާގެ ފަރުވާ ހޯއްދަވާ އިރު އެކަމުގެ ގާބިލުކަމާއި ތަޖުރިބާހުރި ތެރަޕިސްޓުންގެ ފަރާތުން ފަރުވާ ހޯދުން ވަރަށް މުހިއްމެެވެެ އަދި ފަރުވާ ހޯއްދަވާ އިރު ސާފުތާހިރު މާހައުލެއް ޚިޔާރުކުރެއްވުން ވަރަށް މުހިއްމެވެ.

ޙިޖާމާގެ ފަރުވާއަށްފަހު ކަންކުރުން އެދެވިގެންވާ ގޮތްތައް

• ސައިސަމްސަލެއްގެ މާމުއި އާދައިގެ ފެންތައްޓަކަށް އަޅާ ގިރާލުމަށްފަހު ބޯލުން އެެދެެވިގެެންވޭޭ
• ޙިޖާމާގެ ފަރުވާއަށްފަހު 2 ނުވަތަ 3 ގަޑިއިރުވަރު ކޮށްލާފައި ފެންވަރާލިޔަސް އެއްވެސް ކަހަލަ ސައިބޯންޏެއް ބޭނުންކޮށްގެން ފެންވެރުން ,ރަނގަޅީ 24 ގަޑިއިރު(1 ދުވަސް) ފަހުން
• ޙިޖާމާގެ ފަރުވާއަށްފަހު ފަރުވާ ދިނުމަށް ކަށިން ތޮރުފާފައި ނުވަތަ ތިލައިން ކަނޑާފައިވާ ތަންތަން ރަނގަޅު ވެލަންދެން ކަޅުދިރި ތެޔޮ އުނގުޅާލުން އެދެެވިގެެންވެއެވެ
• ޙިޖާމާގެ ފަރުވާއަށްފަހު ދެމަފިރިކަމުގެ ގުޅުން 24 ގަޑިއިރު (1 ދުވަސް) ވަންދެން ނުހިންގާ ތިބުން އެދެވިގެންވޭ
• ޙިޖާމާގެ ފަރުވާއަށްފަހު ލޭ ހަދިޔާ ކުރައްވަން ބޭނުންވެލައްވާނަމަ 72 ގަޑިއިރު (3 ދުވަސް) ފަހުން ލޭ ހަދިޔާ ކުރެއްވުން އެެދެެވިގެެންވޭޭ
• ޙިޖާމާގެ ފަރުވާއަށްފަހު ބޮޑަށް ވަރުބަލިވާނެ ފަދަ މަސައްކަތެއް ނުވަތަ ކަސްރަތެއް ނުކޮށް 24 ގަޑިއިރު (1 ދުވަސް) ހުރުން އެދެވިގެންވޭ
• ޙިޖާމާގެ ފަރުވާއަށްފަހު ކަދުރު، ފެނުކެއްކި އަލުވި، ނަޓްސް، ނޫޑްލްސް ސޫޕެއް ނުވަތަ ތާޒާ މޭވާ އާއި ތަރުކާރީ އަދި ތާޒާ ޖޫހެއް ބޯލުން އެދެވިގެންވޭ
• ޙިޖާމާގެ ފަރުވާއަށްފަހު ތަނެއްގައި އިށީންދެގެން ނުވަތަ އޮށޯވެގެން އޮތުމުގެ ބަދަލުގައި 25 އާއި 30 މިނެޓް ގެ ވަގުތުކޮޅަކަށް ހަރަކާތްތެރިވެ އުޅެލުން ރަނގަޅު ނަމަވެެސް ބޮލަށް އެނބުރުންއަރާނަމަ، މާ ބޮޑަށް ވަރުބަލިކަން އިޙުސާސްކުރެވޭނަމަ އަދި ހަށިގަނޑުގައި ހަކަތަ ނުހުންނަނަމަ މި ނުކުތާގައި ފާހަގަކޮށްފައިވާ ގޮތަށް ޢަމަލުކުރުން ރަނގަޅެއް ނޫނެެވެެ.
• ޙިޖާމާގެ ފަރުވާއަށްފަހު ޑެއިރީ އުފެއްދުންތައް ކަމުގައިވާ (ކިރު، ޔޯގަރޓް، ޗީޒް، އައިސްކްރީމް) އާއި ޕެކެޓު އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ ތަފާތު މަސް (ގެރި، ކުކުޅު، ބަކަރި، ލަންޗަންމީޓް) ކަނޑުމަހާއި ކަނޑުމަހުގެ ބިސް އަދި ކުކުޅު ބިހާއި ފިޒީ ބުއިންތައް 6 ގަޑިއިރު ވަންދެން ބޭނުންކުރުން ރަނގަޅެއް ނޫނެެވެެ.
• ޙިޖާމާގެ ފަރުވާއަށްފަހު މޫދަށް ނޭރި 48 ގަޑިއިރު (2 ދުވަސް) ހުރުން އެދެވިގެންވޭ. އަދި ބޮލުގައި ޙިޖާމާގެ ފަރުވާ ދީފައިވާނަމަ 5 ދުވަސްވަރު މޫދަށްނޭރުން އެދެވިގެންވޭ
• ޙިޖާމާގެ ފަރުވާއަށްފަހު ބޭހެއް ބޭނުންކުރައްވާނަމަ 1 ގަޑިއިރު ނުވަތަ 2 ގަޑިއިރު ފަހުން ބޭސް ބޭނުންކުރުން އެދެވިގެންވޭ
• ލޭ ދިޔާ ކުރާ ބޭހެއް ބޭނުންކުރައްވާނަމަ ފަރުވާގެ 3 ގަޑިއިރު ފަހުން ބޭސް ބޭނުންކުރުން އެެދެެވިގެެންވޭޭ
• ޙިޖާމާގެ ފަރުވާއަށްފަހު އަރާމުކޮށްލިޔަސް ނިދާލަން ރަނގަޅީ 2 ގަޑިއިރުވަރު ކޮށްލުމަށްފަހުއެެވެ.

ޙިޖާމާ ފަރުވާގެ ސަބަބުން ލިބިދޭ ބައެއް ފައިދާތައް

• ސުންނަތުން ސާބިތުވާ ކަމެއް ކުރުމުން އަދި ސުންނަތެއް ދިރުވާ އާލާ ކުރުމުން ދަރުމަ ލިބުން
• ދެހަން ދޭތެރޭގައި ހުންނަ ވިހަ ނުރައްކާތެރި މާއްދާތައްބޭރުކޮށްލަދިނުމަށް އެހީވޭ
• ރިހުން ރަނގަޅު ކޮށްދިނުމަށް އެހީވޭ
• ލޭގެ ހިނގުން ރަނގަޅު ކޮށްދިނުމަށް އެހީވޭ
• ހަނދާން ގަދަކުރުމަށް ބާރަކަށްވޭ
• އެއްޗެއްގެ ވިހައިގެ އަސަރު ނުވަތަ އެއްޗެއް ކަށި ޖަހައިގެންވާ ވިހަ ރަނގަޅު ކޮށްލަދިނުމަށް އެހީވެދޭ
• ގުނަވަންތަކުގެ ހިނގުން ރަނގަޅު ކޮށްދިނުމަށް އެހީވޭ
• މަސްތަކުގެ އަދި ހުޅުތަކުގެ ދުޅަކަން ރަނގަޅު ކޮށްދިނުމަށް އެހީވޭ
• ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދީ ދިފާޢީ ނިޒާމް ވަރުގަދަ ކޮށްދިނުމަށް އެހީވެދޭ
• ދުޅަހެޔޮ ކަންމަތީ ހުރުމަށް ބާރަކަށްވޭ

ޙިޖާމާ ފަރުވާގެ ތައްޔާރުވުމަށް ބޭޭނުންވާ މަޢުލޫމާތު ޑައުންލޯޑް ކޮއްލައްވާ

ގުޅުންހުރި އަރޓިކަލްތައް

ޙިޖާމާ ޖަހަން ސުންނަތްކަން ގަދަދުވަސްތައް

ނޮވެމްބަރ 2020 - رَبِيْعُ الأَوّل 1441
03 05 07