ޝުބާސް ޙިޖާމާގެ ފަރާތުން އުފައްދާ މިތަޢާރަފް ކުރަނީ “ހަކުރި” ނަމުގައި ޕައުޑަރަކާއި އަދި ހަމަ މިނަމުގައި ތެލެކެވެ.
މިބޭސް އަޅުގަނޑުމެން އުފެއްދުމުގެ މައިގަނޑު އެއްބޭނުމަކީ މިނުރައްކާތެރި ބަލިމަޑުކަމުގެ ޙާލަތުގައި ރައްކާތެރިވެތިބުމަށްޓަކައި ދިރިއުޅުއްވާގޭގައި ރައްކާތެރިކަންމަތީ ތިއްބަވައިގެން ތައްޔާރު ކޮށްލެވޭނެ ބޭހެއް ހުރިހާ ފަރާތްތަކަށްވެސް ފަސޭހަކަމާއިއެކު ބައްލަވައިގަންނަވަން ލިބޭނެގޮތެއް ފަހިކޮށްދިނުމަށްޓަކައެވެ.
ހަކުރިތެލާއި ޕައުޑަރަކީ އޭގެޒާތުގައި ފަސޭހައިން ތައްޔާރު ކޮށްލެވޭ އަދި ބޭނުންކުރަން ފަަސޭހަ އަދި އެހާމެ ފައިދާތައް އޭގައި އެކުލެވޭ %100 ހަރބަލް އުފެއްދުމެކެވެ.
އެގޮތުން މިއުފެއްދުން ތައްޔާރު ކުރެވިފައި މިވަނީ މިދަންނަވާ އުނދަގޫތަކާއި ބަލިތަކަށް ޚާއްސަކޮށްގެންނެވެ.
ހަކުރި ޕައުޑަރަކީ ހުޅުހުޅުގައާއި ގައިގައި ރިއްސާރިއްސުމަށާއި ރާއްޖެ ބަލީގެ ރިހުމަށް އަދި ދުޅަ ރަނގަޅުކޮށްދިނުމަށް އެހީތެރިވެދޭޭ ވަރަށް ފައިދާ ބޮޑު ބޭހެކެވެ.
ބޭސްތައްޔާރުކުރާނެ ގޮތް
ދެ ގްރާމް ހަކުރި ޕައުޑަރާއި ކުކުޅުބިހެއްގެ ލޮންޖާއި ރަނގަޅަށް އެއްކޮށްލުމަށްފަހު އަސަރުކޮށްފައިވާ ތަނުގައި ހަންގަނޑު ރަނގަޅަށް ފޮރުވޭވަރަށް ހާކާލާނީއެެވެ. އެެއަށްފަހު ތުނިކޮށް ހުންނަވަރަށް ކަފަނަގާފައި ބޭސްހޭކި ހިސާބުގައިބޭސްގަނޑު ރަނގަޅަށް ފޮރުވޭވަރަށް ކަފަ ހިއްޕާފައި ގޯޒްބޭންޑް އެއިޑްއިން ނުވަތަ އުއިފޮތިން ނުވަތަ ތުނި ޓީޝާޓްފޮތިން މާބާރުނުވާ ވަރަށް ރަނގަޅަށް ބަނދެލާނީއެވެ. އެެއަށްފަހު 24 ގަޑިއިރު ބެހެެއްޓުމަށްފަހު ބޭސްގަނޑު ނަގާލާނީއެެވެ. އަދި ބޭސްގަނޑު އެެޅި ހިސާބު ރަނގަޅަށް ސާފުކޮށްލުމަށްފަހު ހަކުރި ތެޔޮ އުނގުޅާލާނީއެެވެ. މިބޭސް ގަނޑު 3 ފަހަރު އަޅާލުން ރަނގަޅެވެ.
ބޭސްގަނޑު އެޅުމުގެ ކުރިން ސަމާލުކަން ދޭންވީކަންކަން
•މިބޭސްގަނޑު އެޅުމުގެ ކުރިން ތާފަނާކޮށްހުންނަ ލޮނުފެނުން ރަނގަޅަށް ބޭސް އަޅާތަނެއް ސާފުކޮށްލުން
•ބޭސްއަޅާއިރު ދާވެ ހަޑިވެފައިވާ ފޮތިބޭނުން ނުކުރުން
•ބޭސްއަޅާއިރު ފޮތިބޭނުންކުރާނަމަ ސާފުތާހިރު ހުދު ފޮތިބޭނުންކުރުން ރަނގަޅު
•ފޮއްޗާއި ކަފައަކީ އެއްފަހަރު ބޭނުންކޮށްފައިވާ އެއްޗެހިކަމުގައި ނުވުން
•ބޭސްއެޅުމަށްފަހު އެތަނެއް ކަހާހިރުވާނަމަ އަވަހަށް ބޭސްގަނޑު ނެގުމަށްފަހު ތާފަނާފެނުން ސާފުކުރުމަށްފަހު ކަޅުދިރިތެޔޮ ހޫނުކޮށްލުމަށްފަހު އެތަނުގައި އުނގުޅާލުން
• ބޭސްގަނޑު އެއްކުރައްވާއިރުގައި ބޭސްގަނޑު ރަނގަޅަށް އޮލަވެލަންދެން އެއްކުރައްވަންވާނެއެވެ.(މިގޮތުން 15 މިނެޓު ވަންދެން އެއްކޮށްލެއްވުމަކީ މުޙިއްމު ކަމެކެވެ.ސަބަބަކީ މިގޮތަށް ބޭސްގަނޑު ތައްޔާރު ކޮށްލުމުން ހަންގަނޑުގައި އޮމާންކޮށް ރީތިކޮށް ހާކާލަން ފަސޭހަވާނެއެވެ.އަދި ބޭސްގަނޑު ގިނައިރުވަންދެން ހަންގަނޑުގައި ހިފާލާފައި ހުރުމަށް ބާރަކަށް ވާނެތީއެވެ.
ބޭސްގަނޑު އެޅުމަށްފަހު ކަންކުރަންވީގޮތް
•ބޭސްގަނޑުއެެޅުމަށްފަހު މަދުވެެގެެން 3 ދުވަސް ވަންދެެން ބެެހެެއްޓުން އެދެވިގެންވޭ
•ބޭސްގަނޑުއަޅާފައި ހުންނަ ހިސާބުގައި ފެެން ޖެެއްސުން ރަނގަޅެއް ނޫން
•ބޭސްގަނޑުއެެޅުމަށްފަހު ހަރަކާތްތެެރިވެ ނޫޅުން
•މަދުވެެގެެން 3 ފަހަރުމަތިން މިބޭސްގަނޑުއެޅާލުން ރަނގަޅު
•އެެއްފަހަރު ބޭސްގަނޑުއެޅުމަށްފަހު ދެެވަނަފަހަރު ބޭސްގަނޑު އަޅާނީ 24 ގަޑިއިރު (އެއްދުވަސް) ފަހުންނެވެ
•ބޭސްގަނޑުއެޅުމުގެ ކުރިން ބޭސްގަނޑު އެޅުމުގެ ތަޖުރިބާ ހުރިބޭފުޅެެއްގެ އިރުޝާދު ހޯދުން
ނޯޓް : ބޭސް އިތުރު ކުރާނީ ހަށިގަނޑުގައި ބޭސްއަޅާ ތަނެެއްގެެ ނުވަތަ ހަށިގަނޑުގެެ ހިސާބެެއްގެެ ކުޑަބޮޑުމިނަށް ބެލުމަށްފަހުގައެވެ.