Fetured Image
ހަރބަލް މާމުއި

ހުއިސުން މާމުއި

ހުއިސުން ނުވަތަ އިންޑިއަން ކޮސްޓަސް އަކީ ވަރަށް ކުރީއްސުރެންވެސް ތަފާތު ބޭހާއި ތެޔޮ ތައްޔާރުކުރުމަށާއި ކާތަކެތި ތައްޔާރުކުރުމުގައި ބޭނުންކޮށް އުޅުނު އޭގައި ޞިއްޙީ އެތައް ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ހުއިސުން ގަހަކީ ޢާންމުކޮށް 2 މީޓަރަށް ބޮޑުވާ ގަހެކެވެ. މިގަހަކީ ހިންދުކަރައިގައާއި އޭޝިއާގައި ވަރަށް ގިނައިން ހެދޭ ގަހެކެވެ. ހުއިސުން ގަހުން ބޭސް ތައްޔާރުކުރުމަށް ޢާންމުކޮށް ބޭނުންކޮށް އުޅެނީ މިގަހުގެ މޫތަކެވެ.

ހުއިސުން ގަހަކީ އިނގުރު ގަހުގެ ޢާއިލާގެ ވައްތަރެކެވެ. ހުއިސުމުގެ ދެ ވައްތަރެއް ހުރެއެވެ. އެއްވައްތަރު ހުންނާނީ އަލިމުށިކުލައެއްގައެވެ. މި ވައްތަރަށް ޢަރަބި ބަހުން ކިޔަނީ (ޤުޞްޠް އަލް ބަޙްރީ) އަދި އިނގިރޭސި ބަހުންނަމަ ސީ ކޮސްޓަސްއެވެ.އަނެއް ވައްތަރު ހުންނާނީ އަނދިރި މުށި ކުލައެއްގައެވެ. މި ވައްތަރަށް ޢަރަބި ބަހުން ކިޔަނީ (ޤުޞްޠް އަލް ހިންދީ) އަދި އިނގިރޭސި ބަހުންނަމަ އިންޑިއަން ކޮސްޓަސް އެވެ.

މާތް ރަސޫލާ ޞައްލައްﷲޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.ޤުޞްތް އަލް ހިންދީ ގެ ބޭނުންހިފާށެވެ. އޭގައި 7 ބައްޔަށް ޝިފާވެއެވެ .ބުޚާރީ 5713

މިމާމުޔަކީ ދިފާއިނިޒާމްގެ ބާރުގަދަކޮށްދިނުމާއި ލޭސާފުކޮށްދިނުމާއި ހަޖަމްކުރުމުގެ ނިޒާމްރަނގަޅު ކޮށްދިނުމާއި ޓޮންސިލްފާރުވެ ދުޅަވުން ރަނގަޅުކޮށްދިނުމާއި ފުއްޕާމެއާއި ނޭވާލާނިޒާމްގެ ހިނގުން ރަނގަޅުކޮށްދިނުމާއި ހުޅުހުޅުގަ ރިއްސުން ރަނގަޅުކޮށްދިނުމާއި ބަނޑުގެ ވައިން ދިމާވާ އުނދަގޫތަށް ރަނގަޅުކޮށްދިނުމާއި ހަމުގެތަފާތު ބަލިތަކުން ރައްކާތެރިކޮށްދިނުމާއި ޖިންސީ ބަލިކަށިކަން ރަނގަޅުކޮށްދިނުމާއި މައްސަރު ކަންތައްތައް ރަނގަޅުކޮށްދިނުމާއި އަދި ރަހިމުގެ މައްސަލަތައް ރަނގަޅުކޮށްދިނުމަށް އެހީވެދޭ މާމުއިއެކެވެ.


ނޯޓް: މާބަނޑުއަންހެނުން، ކިރުމައިން އަދި 5 އަހަރަށް ވުރެއް ކުޑަކުދިން މިމާމުއި ބޭނުންކުރުން ރަނގަޅެއްނޫނެވެ.

ބޭނުންކުރާނެ ގޮތް
ދުވާލަކު ދެއިރަކަށް ސައިސަމްސަލެއްގެ މާމުއި ބޯލާފަ ތާފަނާކޮށް ހުންނަ ފެންތަށްޓެއް ބޯލާނީއެވެ.