ޖީއޭޑީ ނުވަތަ ޖެެނެެރަލައިޒްޑް އެންޒައިޓީ ޑިސްއޯރޑަރ އަކީ ދިވެހި މުޖްތަމަޢު ތެެރޭގައިވެސް ގިނަވެފައިވާ ނަފްސާނީ ބަލީގެ ވައްތަރެެކެެވެ. މިބަލީގެެ ސަބަބުން ބަލި ތަޙައްމަލް ކުރަމުންދާ މީހާއަށް ދިރުއުޅުމުގެެ ގިނަ ކަންކަމާއި މެދު ވިސްނާ ފިކުރުބޮޑުވާގޮތް ވެެއެެވެ. ތަނަވަސްކަމާއި ފައިސާ ،ސިއްޙަތާއި ޢާއިލާގެ ދުޅަހެެޔޮކަން އަދި ކުރާ މަސައްކަތާއިމެދު ނުވަތަ އިތުރު އުނދަގުލަކާއި މެދު އަބަދުވެސް ވިސްނާ ފިކުރު ކުރެވޭގޮތްވެެއެެވެ. އަދި މިކަން ކޮންޓްރޯލް ކުރުން ވެސް ވަރަށް އުނދަގޫވެެއެެވެ.
ނަމާދު ކޮށް ކީރިތި ޤުރުޢާން ކިޔެެވުމާއި އަދި އެކަމަކުން ސަލާމަތް ކޮށްދެއްވުން އެދި ދުޢާ ކުރުމަކީ އޭގެން ޝިފާލިބޭނެކަމުގެ ހެޔޮ ޚަބަރު ހަތްއުޑުމަތިން ދެއްވާފައިވާ ކަމެެކެވެ. ނަމަވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަސައްކަތް ކުރުމަކީ އިސްލާމްދީންގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ.
އަލަށްކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ކެމޮމައިލް އަކީ ޖީއޭޑީގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ލުޔެއްދީ ފަސޭހަކޮށްދޭ އެއްޗެެއްކަމުގައެެވެެ. ހަރބަލް ފަރުވާއެއްގެ ގޮތުގައި ކެމޮމައިލް ވަނީ މީގޭ ޤަރުނުތަކެއްގެ ކުރިން ބޭނުން ކުރަންފަށާފައެެވެ. އަދި ކޮމަރޝަލްކޮށް ވިޔަފާރީގެ ގޮތުގައި ސެންޓް ،އަތަރު އަދި އެއަރފްރެޝްނަރ ފަދަ އުފެއްދުންތައް ތައްޔާރުކުރުކުގައި ކެމޮމައިލް ބޭނުންކުރެެއެެވެ. ޖީއޭޑީގެ އުނދަގޫތައް ދީމާވެފައިވާ މީހެއްގެ ކިބައިން މިދަންނަވާލާ އަލާމާތްތައް ފެނުން އެކަށީގެންވެއެވެ.
• ކުދިކުދި ކަންކަމާއި ނުވަތަ ކަމަކަށް ނުވާ ކަންކަމުގައި ރުޅިއައުން
• ވަރުބަލިވެ އަބަދުވެސް ހިތްއަވަސްވެފައި ހުރުން
• އާދައިގެމަތިން ދިރިއުޅުމުގެެ ގިނަ ކަންކަމާއި މެދު އަބަދުވެސް ވިސްނާ ފިކުރު ކުރުން
• ގައިގެ އެކި ހިސާބުތަކުގައި ރިއްސުމާއި ތަދުވުން އަދި ވަރުބަލިވުން
• ވަކިކަމަށް އަހައްމިޔަތުކަންދީގެން އެކަމަކާއި މެދު ވިސްނުމަށް އުނދަގޫވުން
• ނިދަން އުނދަގޫވުން
ކްލިނިކަލް ސައިކޯފަރމަކޮލޮޖީގައި ޝާޢިއު ކޮށްފައިވާ ރިޕޯޓް ތަކުން ދައްކާގޮތުގައި ކެމޮމައިލް އެކްސްޓްރެކްޓް އަކީ ޖެނެރަލައިޒްޑް އެެންޒައިޓީ ޑިސްއޯޑަރ އަށް ބޭނުންކުރުމަށް ވަރަށް ރަނގަޅު ހަރބަލްގެ ތެރެއިންވާ ބާވަތެކެވެ.
ޝުބާސް ޙިޖާމާގެެ އުފެެއްދުންތަކުގެ ތެރެެއިން އަޅުގަނޑުމެެންގެެ ހަރބަލް މާމުއިގެެ ވައްތަރުތަކަށް ވާނީ މިހާރު ކެެމޮމެއިލް ކަޅުދިރި މާމުއި ތަޢާރަފްކޮށްފައެެވެެ. މި މާމުއި އަކީ އެންޒައިޓީގެ އަސަރުކުޑަކޮށްދިނުމަށާއި ނިދަން އުނދަގޫވުމަށާއި ހައިޕަރ އެކްޓިވް ޑިސްއޯޑަރ އަދި ލޭގެ ހިނގުން ރަނގަޅު ކޮށްދިނުމަށް އެހީވެދޭ މާމުޔެކެވެ.
ބޭނުންކުރާނެ ގޮތް
ދުވާލަކު އެެއްއިރު ސައިސަމްސަލެއްގެ މާމުއި ހޫނުފެންތައްޓަކަށް އަޅާ ގިރާލުމަށްފަހު ފުރާނާލައިގެން ބޯލާނީއެވެ.
ނޯޓް: މާބަނޑުދުވަސްވަރު މި މާމުއި ބޭނުންކުރުން ރަނގަޅެއްނޫނެވެ.