Fetured Image
ހަރބަލް މާމުއި

ބޮޑުކަދުރު މާމުއި

ޑޫމް ފްރުޓް ނުވަތަ ޖިންޖަރބްރެޑް ފްރުޓް އުފެދިގެން އައިސްފައިވަނީ އުތުރު އެފްރިކާގެ ހިސާބުތަކުންނެވެ. ރުކެއްގައި އަޅާ މިމޭވާ އަކީ ޢަރަބިޖަޒީރާ އާއި މިޞްރު އަދި ޔަމަނުގައި ވަރަށް ގިނައިން ހެދޭ މޭވާއެކެވެ. މި މޭވާ އަޅާ ރުއް ޢާއްމުކޮށް ހެދެނީ ވަރަށް ހޫނުގަދަ ހިސާބުތަކުގައެވެ. މެލޭޝިއާ އަދި އިންޑޮނީޝިއާ ގައި މިއަށް ކިޔާ އުޅެނީ ބުއާ ޒުއްރިއާއެވެ.

އެހިސާބުތަކުގައި ދިރިއުޅޭ ވަރަށް ގިނަ ބަޔަކު މި މޭވާ އަކީ ދަރިން ހޯދުމަށް ބޭނުންކުރަން ވަރަށް ޚާއްސަ މޭވާއެއް ކަމުގައިވެސް ގަބޫލުކުރެއެވެ. ސަބަބަކީ ދަރިންނުލިބޭ އެތައްބަޔަކަށް މި މޭވާގެ ބޭނުން އެކިގޮތްގޮތަށް ހިފާ އެކަމުގައި ރަނގަޅު ނަތީޖާފެންނަމުންދާތީއެވެ. މި މޭވާ އަކީ ވަރަށް ހަރުކޮށް އަދި އެތެރޭގައިވާ ހުދު މަދުގަނޑުވެސް އެހާމެ ހަރުކޮށް އޮންނަ މޭވާއެކެވެ. މި މޭވާގައި ހަށިގަނޑަށް ރަނގަޅު އެތައް މާއްދާތަކެއް އެކުލެވިގެންވެއެވެ.

އޭގެ ތެރޭގައި ފައިބަރ،ވިޓަމިންބީ، ކެލްސިއަމް، ޕޮޓޭސިއަމް ،މެގްނީޒިއަމް،ފޮސްފަރަސް އަދި ލިނޮލިއެކް ފެޓީ އެސިޑްސް ހިމެނެއެވެ. މީގެ އިތުރުންވެސް މި މޭވާގައި އެކިކަހަލަ ބަލިބައްޔާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތައް ކަމުގައިވާ އެންޓި އޮކްސިޑެންޓް، އެންޓި ބެކްޓީރިއަލް، އެންޓި ޑައަބެޓިކް އަދި އެންޓި ހައިޕަރޓެންސިވް ހިމެނެއެވެ.

މިޞްރުމީހުން މިރުކުގެ ބޭނުން މީގެ އެތައްހާސް އަހަރު ކުރިންވެސް އެކިގޮތްގޮތަށް ހިފާ އުޅުނެވެ. އެގޮތުން މިރުކުގެ ފަން ބޭނުންކޮށްގެން އޭރު ދިރިއުޅުމަށް ތައްޔާރު ކޮށްފައިވާ ގެތަށް ހިޔާކުރުމަށާއި ނިދާ ތަންމަތި ތައްޔާރުކުރުމަށާއި އަދި ކެއްކުމަށްޓަކައިވެސް ފަންބޭނުންކޮށް އުޅުނެވެ. މި ރުކުގެ ލަކުޑި ބޭނުންކޮށްގެން ޝިކާރަކުރުމަށްޓަކައި ދުނިދަނޑި ހެދުމާއި ލޮންސިއާއި ސާޅަނގަ ފަދަ އެއްޗެހި ހަދާ އުޅުނެވެ. ހަމަ އެހެންމެ ގެދޮރު ބިނާކުރުމަށް ވެސް މި ރުކުގެ ލަކުޑި ބޭނުންކުރެވުނެވެ.

މި ރުއްގަނޑުގެ ބޭރު ކުޑަކޮށް މަށާލުމުން ނިކުންނަ ތަތްކޮށް ހުންނަ ރަބަރުފާޑުގެ އެއްޗެހި ބޭނުންކޮށްގެން ފައިވާން ހަދާއުޅުމާއި އެކިކަހަލަ އެއްޗެހި ބައްދަންވެސް ބޭނުންކޮށް އުޅުނެވެ.އަދި މި މޭވާ އިން ފެންކައްކައިގެން ބޯންބޭނުންކޮށްއުޅުނެވެ.

ޝުބާސް ޙިޖާމާއިން ތަޢާރަފްކޮށްފައިވާ ބޮޑުކަދުރު މާމުއަކީ ޚާއްސަކޮށް ދަރިމައިނުވުމުގައި ފިރިހެންބޭފުޅުންނަށާއި އަންހެން ކަނބަލުންނަށް ދިމާވާ މައްސަލަތަށް ހައްލުކޮށްދިނުމަށް އެހީތެރިވެދޭނެ މާމުއެކެވެ. އެގޮތުން އެންމެ މުހިންމު ދެކަމެއްގޮތުގައި ދަރިފަނީގެ ކައުންޓް ރަނގަޅު ކޮށްދިނުމާއި ޖިންސީބަލިކަށިކަން ވަރުގަދަ ކޮށްދިނުން ހިމެނެއެެވެ.

ބޮޑުކަދުރު މާމުއިއަކީ ދަރިމައިނުވުމުގެ މައްސަލަތަކަށް ބޭނުންކުރެވޭނެ ރަނގަޅު މާމުއި އެކެވެ. އެގޮތުން އެންޑޯމެޓްރިއޯސިސް، ފައިބްރޮއިޑްސް، ޕޮލިސްޓިކް އޯވަރީ، ހޯމޯނަލްއިންބެލެންސް އަދި ރަހިމުގެ ތަފާތު މައްސަލަތައް ރަނގަޅުކޮށް ދިނުމަށް އެހީވެދެއެވެ.

ބޭނުންކުރާނެ ގޮތް
ހެެނދުނާއި ރޭގަނޑު އިރަކު ސައިސަމްސަލެއްގެ މާމުއި ހޫނުފެންތައްޓަކަށް އަޅާ ގިރާލުމަށްފަހު ބޯލާނީއެވެ.

ގުޅުންހުރި އަރޓިކަލްތައް

ޙިޖާމާ ޖަހަން ސުންނަތްކަން ގަދަދުވަސްތައް

ނޮވެމްބަރ 2020 - رَبِيْعُ الأَوّل 1441
03 05 07