މިމާމުޔަކީ ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ
މާމުޔެކެވެ. ކުޑަކަމުދާ ތަކެތީގައި ޖަރާސީމު ހުރުމާއި ލޭގެ އަސަރުހުރުމާއި ކުޑަކަމުދާއިރު ހިރުވާ ފާރުވުމާއި ކުޑަކަމުދާއިރު ދިލަނެގުމާއި ކުޑަކަމުދާ ތަކެތީގައި ނުބައިވަސް ހުރުމާއި ދޮސްކުލަޔަކަށްދާ ކަހަލަ އެއްޗެހީގެ އަސަރު ހުރުމާއި ކުޑަކަމުދާއިރު ދަށްބަނޑުގައި ރިއްސުމާއި މަސާނާ އަދި ގުރުދާ ފާރުވެ ހިލަ އުފެދުމަށާއި ކުޑަކަމުދާ ހޮޅީގައި ޖަރާސީމް އަށަގަތުން ފަދަކަންކަން ހިމެނެއެވެ.
ނޯޓް: މާބަނޑުދުވަސްވަރު މިމާމުއި ބޭނުންކުރުން ރަނގަޅެއްނޫނެވެ. އަދި ގިނަދުވަސްވެފައި ހުންނަ މައްސަލަތައް ރަނގަޅުކުރުމަށް މަދުވެގެން 3 މަސްދުވަހުގެ މުއްދަތައް މިމާމުއި ބޭނުންކުރުމުން އިންޝާﷲ އެދޭވޭ ނަތީޖާ ނުކުންނާނެއެވެ.
ބޭނުންކުރާނެ ގޮތް
ސައިސަމްސަލެއްގެ މާމުއި 250 އެމްއެލްގެ ހޫނުފެންތައްޓަކަށް އަޅާ ގިރާލުމަށްފަހު ބޮވޭވަރަށް ހިހޫވެލީމަ 3 އިރު އިރަކު ތައްޓެއްބޯލާނީއެވެ. 5 އަހަރުން ދަށުގެ ކުދިންނަށް ދޭނަމަ 100 އެމްއެލްގެ ފެން، 1 އިރަށް ދޭނީއެވެ.އ