ބޯގަންވިލާ ނުވަތަ ދާޙިލިއްޔާމާ ގަހަކީ ޢާއްމުކޮށް ގިނަބަޔަކު ހައްދާއުޅޭ ގިނަކުލަކުލައިގެ ރީތި މާއަޅާ ގަހެެކެވެ. ހައްދާލަން ފަސޭހަ މިގަހަކީ ހާމަކަން ބޮޑު އަވިިލިބޭ ތަންތަނުގައި ހެދެން ފަސޭހަ ގަހެެކެވެެ. ހާމަކަން ބޮޑު މިފަދަ ތަންތަނުގައި ހެދޭ ބޯގަންވިލާ ގަސްގަތަކުގައި އަޅާ މާ ގިނަވެފައި ހެދިފައި ހުންނަގޮތް ރީތިކަމުގައި ފާހަގަ ކުރެވެއެވެ. މިގަސް ރަނގަޅަށް ހެދެނީ ހިކިފަސް ނުވަތަ ހިކިވެލީގައެެވެ.
މިގަސް އިންދަނީ ޕޮޓެއްގަކަމުގައިވިޔަސް ނުވަތަ ހިކިފަސް ބިމުގައިވިޔަސް ވެލިގަނޑު ތެއްކޮށް ހުންނަކަމުގައިވާނަމަ ގަސްހެދިގަންނަން އުނދަގޫވެ މޫގަނޑު ފީވެ ގަސް ގުރުޑުވެ ހަލާކުވާގޮތްވެ މަރުވެއެވެ. އެެހެންކަމުން އަބަދު ވެލިގަނޑު ތެއްކޮށްހުންނާނެހެން ގަހަށް ފެންދިނުން ރަނގަޅެއްނޫނެވެ. އެއްފަހަރު ފެންދިނުމަށްފަހު ދެންފެންދޭން ރަނގަޅުވާނީ ވެލިގަނޑު ހިކިލީމައެވެ.
ބޯގަންވިލާ ގަހަކީ ތަފާތު ގޮތްގޮތަށް ހައްދާލެވިދާނެ ގަހެކެެވެ. އެގޮތުން ބޮންސައިކޮށްނާއި ވެޔޮގަހަކަށް ވާގޮތަށް އަދި ރީތި ފަރުމާއަކަށްވާގޮތަށްވެސް ކޮށާމަށާ ހައްދާލެވޭނެއެވެ. މިގަހަކީ ގަހުގެ ކުރި ނުވަތަ ގަހުގެ ދަނޑިގަނޑު ޖަހައިގެންވެސް ރޯކޮށްލަން ފަސޭހަގަހެކެވެ.
ދެން މި ހިއްސާކޮށްލަނީ ބޯގަންވިލާއިން ލިބޭ ބައެއް ފައިދާ ތަކާއި ކުރެވިދާނެ ފަރުވާތަކާއި އަދި ބޭސް ތައްޔާރުކޮށްލާނެގޮތެެކެވެ.
ބޯގަންވިލާ ނުވަތަ ދާޙިލިއްޔާމާ ގަހުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް:
•ކެއްސުންރަނގަޅު ކުރުމަށް
•ފުއްޕާމޭގައި ހިފާފައި ހުންނަ ދަވަ ފިލުވުމަށް
•ކަރުތެރޭޭގެ އިންފެކްޝަންސްތަކަށް
•ހަޖަމްކުރުމުގެ ނިޒާމް ރަނގަޅުކުރުމަށް
•ބައެއްހަމުގެ ބަލިތައް ރަނގަޅުކުރުމަށް
ބޯގަންވިލާ ނުވަތަ ދާޚިލިއްޔާމާ ގަހުން ކުރެެވިދާނެ ބައެއް ފަރުވާ:
އެެގޮތުން ފުރަމޭ(ލިވަރގެ) ނިޒާމް ރަނގަޅުކޮށްދިނުމަށާއި ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް ކުރެވިދާނެކަމެއް ދަންނަވާލާނަމެވެ.
ބޭނުންވާނީ : މުށެއްގެެ ބޯގަންވިލާގަހުގެެ މާ، 250އެމްއެލްގެ ފެެން، 1 ސައިސަމްސާ މާމުއި
ތައްޔާރުކުރާނެ ގޮތް : ފުރަތަމަ މާތަށް ރަނގަޅަށް ދޮވެލުމަށް ފަހު ކައްކަން ބޭނުންވާ އެއްޗެކަށް މަލާއި ފެެން އެއްކޮށް އަޅާލާނީއެެވެ. އެއަށްފަހު މަލުގެ ކުލަ ފެނަށް އަރަންދެެން ރަނގަޅަށް ކައްކާލާށެވެ. ކުލަ ރަނގަޅަށް ފެެންގަނޑަށް އެރުމުން ފެެންގަނޑު ތައްޓަކަށް ފުރާނާލާނީއެެވެ.
ބޭނުންކުރާނެ ގޮތް : ފުރޭނި ފެން ބޮވޭވަރަށް ހިހޫވުމުން 1 ސައިސަމްސާ މާމުއި އެެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ދުވާލަކު 1 އިރަށް މިފެން ބޯނީއެވެެ. މަދުވެގެން 3 މަސްވަންދެން މިގޮތަށް ކަންކުރުމުން އިންޝާﷲ ރަނގަޅުވާނެއެވެ.
ނޯޓް : މާބަނޑުދުވަސްވަރު އަދި 2 އަހަރުނުވާ ތުއްތުކުދިންނަށް މިފެންދިނުން ރަނގަޅެއް ނޫނެެވެ.