Fetured Image
ގޭގަ ތައްޔާރުކޮށްލައްވާ

ވަކިފޫއިން ނުވަތަ ލޯންގް ޕެޕަރގައި ހުރި ފައިދާތަށް

ޕިޕަލީ ނުވަތަ ލޯންގްޕެޕަރ، ދިވެހި ބަހުންނަމަ ވަކިފޫއަކީ މިރުސް އާއިލާގެ މޭވާގެ ބާވަތެކެވެ. ވަކިފޫ އެންމެ ވައްތަރު ވާނީ ބިލެއް މަލަކާއިއެވެ. ވަކިފޫއަކީ އޭޝިޔާގެ އެކި ސަރަޙަދުތަކުގައި ޚާއްސަކޮށް އިންޑިޔާގަ އުފައްދާ ފަތްޕިލާވެލީގެ ބޭހައް ބޭނުންކުރާ މޮޅު އެއްޗެކެވެ. އެގޮތުން ވަކިފޫ ލިބޭ 10 ފައިދާ އަކާއި ނޭވާލުމަށާއި ސައިނަސް މައްސަލަތަ ހުންނަ ފަރާތްކަށް ވަކިފޫ ބޭނުންކުރެވިދާނެ ގޮތްތެއް ދަންނަވާލާނަމެވެ.

ފުރަމޭ ނުވަތަ ލިވަރގެ ބަލިތަކަށ

ލިވަރގެ ބަލިތަކާއި އުނދަގޫތަށް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ތެޔޮގިނަ އަދި ހަށިގަނޑަށްގެލުންހުރި އެކިކަހަލަ ލުއިކާނާތަކުގެ ސަބަބުން ލިވަރގެ ނިޒާމަށް ވަރަށް ބޮޑަށް ގިނަފަހަރު އަސަރުކުރެއެވެ. ވަކިފޫގެ ސަބަބުން ހަލާކުވެ ނުވަތަ މައްސަލަ ހުރި ލިވަރ ފަސޭހަކޮށްދިނުމަށް އެހީވެދެއެވެ. އަދި ލިވަރ ތެރޭގައި އުފެދޭ ވިހަ މާއްދާތަށް ނައްތާލުމަށްވެސް ވަކިފޫ އެހީވެދެއެވެ.

ބަރުދަން ލުއިކުރުމަށް

މިރުހުގެ ގިނަ ބާއްވަތްކުން ބަރުދަން ލުއިކުރާ އުސޫލުން، ވަކިފޫއަކީ ވެސް ބަރުދަންލުއި ކުރުމަށް ބޭނުން ކުރެވޭނެ އެއްޗެކެވެ. ހަށިގަނޑުގެ ގައި އުފޭދޭ ފޭޓީ އެސިޑް ނުވަތަ ސަރުބީ އަންދާލުމަށް ވަކިފޫ އެހީވެދެއެވެ. ވަކިފޫއިން ދިމާވާ ސައިޑް އިފެކްސްތަށް މަދުވެފަ ލިބޭ ފައިދާތަށް ގިނަވުން އިތުރު ސިންތިސައިޒްޑް ބޭހެއް ނުވަތަ ކްލިނިކަލް ސަރޖަރީއަކަަށް ވުރެއް އެތައް ގުނައެއް ރަނގަޅުވާނެއެވެ. ވަކިފޫގެ ޒަރިއްޔާއިން އަންދާލާ ސަރުބީތަށް ހަށިގަނޑުން ބޭރުކުރާނީ ވައިގެ ޒަރިއްޔާއިންނެވެ.

ހަކުރުބަލި ނުވަތަ ޑައިބެޓިކްސްއަށް

ހަކުރުބައްޔަކީ އޭގެ ސަބަބުން މުޅިހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ކުރާ ނުރައްކާތެރި އަދި އެހާމެ ގިނަވެފައިވާ ބައްޔެކެވެ. ވަކިފޫ ބޭނުންކުރުމުން ހަށިގަނޑު ތެރޭއަށް ބޭރުވެ ދައުރުވާ ގުލްކޯޒް ރެގުޔުލޭޓްކޮށް ދިނުމަށް އެހީވެދެއެވެ. އަދި އިންސިއުލިން އިތުރުކޮށްދިނުމުގައި ބޮޑުރޯލެއްކުޅެއެވެ. އާދައިގެމަތިން މިމޭވާ ޑައިބެޓިކްސް ޕޭޝަންޓުން ބޭނުންކުރުމަކީ ފައިދާ ހުރިކަމެކެވެ.

ޖަރާސީމުގެ ސަބަބުން ދިމާވާ އިންފެކްޝަންސްތަކަށް

ޖަރާސީމުގެ ޒަރިއްޔާއިން ދިމާވާ އިންފެކްޝަންސްތައް ވަރަށް ގިނައެވެ. އާއްމު ގޮތެއްގައި ހޫނު މުސުގަޔާއި ކެވޭ ނުވަތަ ބޮވޭއެއްޗެއްގެ ސަބަބުންވެސް އިންފެކްޓް ވުން އެކަށީގެންވެއެވެ. މިގޮތުން ދިމާވާ ގިނަ އިންފެކްޝަންސް ތަކަށް ހަނގުރާމަ ކުރަން ވަކިފޫ އެހީވެދޭނެއެވެ.

ކެއްސުމާއި ކަރުގަރިއްސުމަށް

އަރިދޮފުގެ ސަބަބުން ކެއްސުމާއި ކަރުގަ ރިއްސުމަށް ވަކިފޫ ޕައުޑަރ ބޭނުންކުރެވޭނެއެވެ. ތަވައެއްމަތީ ޤީ ކޮޅަކާ އެއްކޮއްލުމަށް ފަހު ހިހޫ ވުމުން ބޯލާނީއެވެ. ނުވަތަ މާމުއިއާ އެއްކޮއްލައިގެންވެސް ބޭންކުރެވޭނެއެވެ.

ބަނޑުހަރުވުން ނުވަތަ އިންޑައޖެސްޓްޝަން

އިންޑިޔާގެ ވަރަށް ގިނަ ހިސާބުތަކުގައި ބަނޑުހަަރުވުމަށް ވަކިފޫ ޕައުޑަރ ބޭނުންކުރެެއެވެ. ކާ ކޮންމެ އެއްޗަކަށްވެސް އަޅާލައިގެން ބޭނުން ކުރެވޭނެއެވެ. އަދި ބަނޑުހަރުވުމުގެ އުނދަގުލައް ވަރަށް ބޮޑު ލުއިތަކެއް ލިބިގެން ދާނެއެވެ.

ކުރިން ދަންނަވާލިހެން ގޭގައި ވަރަށް ފަސޭހައިން ވަކިފޫ ބޭނުން ކޮށްލައިގެން ހޯދޭނެ ފަަރުވާއެއް ދަންނަވާލާނަމެވެ.

ނޭފަތްބެދި، ނޭވާލާން އުނދަގޫވެ ސައިނަސްގެ އުނދަގޫ ހުންނަމަ މިފަރުވާ ކޮށްލެވިދާނެއެވެ. ނޭފަތް ބެދުމުގެ ސަބަބުން ގިނަފަހަރަށް ބޮލުގައި ރިއްސާ ނޭފަތުން ފެން ފައިބާގޮތްވެ އަދި އިންފެކްޝަނެއްހުރިނަމަވެސް ވަކިފޫ އަންދާލުމަށްފަހު އޭގެ ދުން ދަމާލާނީއެވެ.މިގޮތަށް ދުވާލަކު އެއްފަހަރު ނުވަތަ ދެފަހަރު ކަންކުރެވިދާނެއެވެ.ދަމާލާ ކޮންމެ ފަހަރަކު މަދުވެގެން 5 ވަރަކަށް މިނެޓް ދުންދަމާލުން ރަނގަޅެވެ.އަދި ގިނަވެގެން 15 މިނެޓް މިގޮތަށް ކަންކުރުން ރަނގަޅެވެ.ދަމާލާ ކޮންމެފަހަރަކު އަންދާލަން 5 ނުވަތަ 15 ވަކިފޫ ބޭނުންކުރެވިދާނެއެވެ.ދުން ނޭފަތުން ދަމާލުން ރަނގަޅީ ބޮލާއި ދުން އަރުވާ އެއްޗާއި ދެމެދު ފޮތިގަނޑަކުން ކަހަލަ އެއްޗަކުން ނިވާކޮށްލައިގެންނެވެ.މިގޮތަށް ވަކިފޫ އަންދާލަން މުށި ބަރނަރ އެއް ނުވަތަ މަސްހުސްކުރި ދަޅެއްގެ ބޭނުންކުރެވިދާނެއެވެ.