އިންސާނުން ދުޅަހެޔޮކަންމަތީ ތިބުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން މި ލިޔުމުގައި ބަޔާންކޮށްލެވޭތޯ މަސައްކަތްކޮށްލާނަމެވެ. އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ދިފާޢީ ނިޒާމްއަކީ ވަރަށް ވަރުގަދަ ވަރަށް ފުރިހަމަ ނިޒާމެކެވެ. ނަމަވެސް އިންސާނާގެ ހަށިގަނޑުގެ ހުރިހާ ނިޒާމެއް ފުރާފުރިހަމަ އަށް އުފެދި ނިމުމަށްފަހު އުމުރުން ދުވަހެއް ނިމިގެންދާ ވަރަކަށް މި ދިފާޢީ ނިޒާމުގެ ބާރުވެސް ދާނީ ދުވަހެއްދުވަހަކަށް ދަށްވަމުންނެވެ….