އިންސާނުން ދުޅަހެޔޮކަންމަތީ ތިބުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން މި ލިޔުމުގައި ބަޔާންކޮށްލެވޭތޯ މަސައްކަތްކޮށްލާނަމެވެ. އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ދިފާޢީ ނިޒާމްއަކީ ވަރަށް ވަރުގަދަ ވަރަށް ފުރިހަމަ ނިޒާމެކެވެ. ނަމަވެސް އިންސާނާގެ ހަށިގަނޑުގެ ހުރިހާ ނިޒާމެއް ފުރާފުރިހަމަ އަށް އުފެދި ނިމުމަށްފަހު އުމުރުން ދުވަހެއް ނިމިގެންދާ ވަރަކަށް މި ދިފާޢީ ނިޒާމުގެ ބާރުވެސް ދާނީ ދުވަހެއްދުވަހަކަށް ދަށްވަމުންނެވެ….
ބޮލުން ހަންފޮޅި ބޮލުން އިސްތަށި ފައިބާނަމަ ނުވަތަ ބޮލުންހަންނުފޮޅި ވިޔަސް ބޮލުން އިސްތަށި ފޭބުމަކީ މިހާރަކަށް އައިސް އަންހެނުންނަށާއި ފިރިހެނުންނަށްވެސް ދިމާވާ އެއްބައިފަހަރު ކަންބޮޑުވާ ދަރަޖައަށްދާވަރުގެ މައްސަލައެކެވެ. ދިރާސާތަކުން އެނގޭ ގޮތުގައި އެއްދުވަސްތެރޭގައި ގާތްގަނޑަކަށް 100 ވަރަަކަށް އިސްތަަށި އިންސާނެއްގެ ބޮލުން ފައިބާ ކަމުގައިވެއެވެ. އެއީ ނިދުމުގެ ތެރެއިންނާއި ފެންވަރާވަގުތު އިސްތަށިގަނޑު ދޮންނަ އިރުގައާއި އިސްތަށިގަނޑު…
ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑާއި ކުރައްވާ ސުވާލެއް އޮވޭ. އެއީ ބަނޑު ހިންދާލެވޭނެ ގޮތެއް ނެތްތޯ؟ ނުވަތަ ޝުބާ އުފައްދާ އެއްޗެހީގެ ތެރޭގައި ބަނޑުހިންދާލަން ބޭނުންކުރެވިދާނެ އެއްޗެއް ހުންނާނެތޯ؟ އެފަރާތްތަކަށް އަޅުގަނޑު ދީފައިވާނެ ޖަވާބަކީ ބަނޑުހިންދާލުމަށް އަޅުގަނޑު އަދި އެއްޗެއް ތައްޔާރުކޮށްފައިނުވާނެވާހަކަ. ނަމަވެސް މިއަދު އަޅުގަނޑު ޙިއްސާކޮށްލަދޭން މިއުޅެނީ ކުޑަ ހިތްވަރެއް ކޮށްލައްވައިގެން މިކަން ކުރެވިއްޖެނަމަ…
ޕިޕަލީ ނުވަތަ ލޯންގްޕެޕަރ، ދިވެހި ބަހުންނަމަ ވަކިފޫއަކީ މިރުސް އާއިލާގެ މޭވާގެ ބާވަތެކެވެ. ވަކިފޫ އެންމެ ވައްތަރު ވާނީ ބިލެއް މަލަކާއިއެވެ. ވަކިފޫއަކީ އޭޝިޔާގެ އެކި ސަރަޙަދުތަކުގައި ޚާއްސަކޮށް އިންޑިޔާގަ އުފައްދާ ފަތްޕިލާވެލީގެ ބޭހައް ބޭނުންކުރާ މޮޅު އެއްޗެކެވެ. އެގޮތުން ވަކިފޫ ލިބޭ 10 ފައިދާ އަކާއި ނޭވާލުމަށާއި ސައިނަސް މައްސަލަތަ ހުންނަ ފަރާތްކަށް ވަކިފޫ…
މުރަނގަ ގަހަކީ ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކެއްގައި ހެދޭ ޚާއްސަކޮށް ޓްރޮޕިކަލް ހިސާބުތަކުގައި ގިނައިން ހެދޭ އަދި އެގަހަކުން ގިނަ ބޭނުންތަކެއް ކުރެވޭ ވަރަށް ފައިދާ ބޮޑުގަހެކެވެ. މުރަނގަ ގަހަށް އިނގިރޭސި ބަހުން ޑްރަމްސްޓިކް ޓްރީ، ހޯސްރެޑިޝް ޓްރީ އަދި ބެން ޓްރީ ގެ ނަންތަކުން ނަން ދެވިފައިވެއެވެ.އެގޮތުން ވަރަށް ކުރީއްސުރެންވެސް މިގަހުގެ ބޭނުން ބޭސްވެރިކަމުގައާއި…
ބޯގަންވިލާ ނުވަތަ ދާޙިލިއްޔާމާ ގަހަކީ ޢާއްމުކޮށް ގިނަބަޔަކު ހައްދާއުޅޭ ގިނަކުލަކުލައިގެ ރީތި މާއަޅާ ގަހެެކެވެ. ހައްދާލަން ފަސޭހަ މިގަހަކީ ހާމަކަން ބޮޑު އަވިިލިބޭ ތަންތަނުގައި ހެދެން ފަސޭހަ ގަހެެކެވެެ. ހާމަކަން ބޮޑު މިފަދަ ތަންތަނުގައި ހެދޭ ބޯގަންވިލާ ގަސްގަތަކުގައި އަޅާ މާ ގިނަވެފައި ހެދިފައި ހުންނަގޮތް ރީތިކަމުގައި ފާހަގަ ކުރެވެއެވެ. މިގަސް ރަނގަޅަށް ހެދެނީ ހިކިފަސް…