އާމަނަކަ ގަސް ނުވަތަ ކާސްޓަރ އޮއިލް ޕްލާންޓް އަކީ ފަސޭހައިން ހައްދާލެވޭ އަދި ރާއްޖޭގެ ގިނަ ރަށްރަށުންވެސް ލިބެންހުންނަ މިގަހުގެ ހުރިހާ ބައެއްވެސް ބޭސް ތައްޔާރުކުރުމަށް ބޭނުންކުރެވޭ ފައިދާ ބޮޑު ގަހެކެވެ. އާމަނަކަ ގަހުގެ އަސްލު އުފެދިގެން އައިސްފައިވަނީ އެފްރިކާއިން ކަމުގައި ބުނެވެއެވެ. އާމަނަކަ ގަހުގެ ފަތަކީ ހިތިކަން ހުންނަ އޮފު ފެހިކުލައިގައި ހުންނަ ފަތެކެވެ….
ފުރަގަސްފަރާތު ބައްޔަކީ ވަރަށް ގިނަ ބަޔަކު އެބައްޔެއްގެ ވޭނާއި އުނދަގޫ ތަޙައްމަލް ކުރަންޖެހިފައިވާ ވަރަށް ޢާއްމު ބައްޔަކަށްވަނީ ވެފައެވެ. ފުރަގަސްފަރާތު ބަލީގައި ވޭންބޮޑުވެ ރިއްސާރިހުމުގެ އިޙުސާސް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ފުރަގަސްފަރާތު ދޮރާއި ދޮރުގެ ވަށައިގެންވާ ހިސާބަކީ ވަރަށް ނާޒުކު ހިސާބަކަށްވާތީއެވެ. އިނގިރޭސި ބަހުން މިބައްޔަށް ކިޔަނީ ހެމަރޮއިޑްސް ނުވަތަ ޕައިލްސްއެވެ. މި ބަލި…
ޖީއޭޑީ ނުވަތަ ޖެެނެެރަލައިޒްޑް އެންޒައިޓީ ޑިސްއޯރޑަރ އަކީ ދިވެހި މުޖްތަމަޢު ތެެރޭގައިވެސް ގިނަވެފައިވާ ނަފްސާނީ ބަލީގެ ވައްތަރެެކެެވެ. މިބަލީގެެ ސަބަބުން ބަލި ތަޙައްމަލް ކުރަމުންދާ މީހާއަށް ދިރުއުޅުމުގެެ ގިނަ ކަންކަމާއި މެދު ވިސްނާ ފިކުރުބޮޑުވާގޮތް ވެެއެެވެ. ތަނަވަސްކަމާއި ފައިސާ ،ސިއްޙަތާއި ޢާއިލާގެ ދުޅަހެެޔޮކަން އަދި ކުރާ މަސައްކަތާއިމެދު ނުވަތަ އިތުރު އުނދަގުލަކާއި މެދު އަބަދުވެސް ވިސްނާ…
ޝުބާސް ޙިޖާމާގެ ފަރާތުން އުފައްދާ މިތަޢާރަފް ކުރަނީ “ހަކުރި” ނަމުގައި ޕައުޑަރަކާއި އަދި ހަމަ މިނަމުގައި ތެލެކެވެ. މިބޭސް އަޅުގަނޑުމެން އުފެއްދުމުގެ މައިގަނޑު އެއްބޭނުމަކީ މިނުރައްކާތެރި ބަލިމަޑުކަމުގެ ޙާލަތުގައި ރައްކާތެރިވެތިބުމަށްޓަކައި ދިރިއުޅުއްވާގޭގައި ރައްކާތެރިކަންމަތީ ތިއްބަވައިގެން ތައްޔާރު ކޮށްލެވޭނެ ބޭހެއް ހުރިހާ ފަރާތްތަކަށްވެސް ފަސޭހަކަމާއިއެކު ބައްލަވައިގަންނަވަން ލިބޭނެގޮތެއް ފަހިކޮށްދިނުމަށްޓަކައެވެ. ހަކުރިތެލާއި ޕައުޑަރަކީ އޭގެޒާތުގައި ފަސޭހައިން ތައްޔާރު ކޮށްލެވޭ…
ޑޫމް ފްރުޓް ނުވަތަ ޖިންޖަރބްރެޑް ފްރުޓް އުފެދިގެން އައިސްފައިވަނީ އުތުރު އެފްރިކާގެ ހިސާބުތަކުންނެވެ. ރުކެއްގައި އަޅާ މިމޭވާ އަކީ ޢަރަބިޖަޒީރާ އާއި މިޞްރު އަދި ޔަމަނުގައި ވަރަށް ގިނައިން ހެދޭ މޭވާއެކެވެ. މި މޭވާ އަޅާ ރުއް ޢާއްމުކޮށް ހެދެނީ ވަރަށް ހޫނުގަދަ ހިސާބުތަކުގައެވެ. މެލޭޝިއާ އަދި އިންޑޮނީޝިއާ ގައި މިއަށް ކިޔާ އުޅެނީ ބުއާ…
މިމާމުޔަކީ ފުރަގަސްފަރާތު ބައްޔަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މާމުއިއެކެވެ. މި މާމުއި ބޭނުންކުރުމުން ފުރަގަސްފަރާތުގެ ބަލީގެ ސަބަބުން ދިމާވާ ގިނަ އުނދަގޫތައް ރަނގަޅުވުމަށް އިންޝާ ﷲ މަގުފަހިވެގެންދާނެއެވެ. އެގޮތުން ދިލަނެގުން ،ލޭއައުން ،ހިރުވުން ،ރިއްސުން ،ދުޅަވުން އަދި މަސްކޮޅުވިރުވާލަދިނުމަށް އިންޝާﷲ އެހީތެރިވެދޭނެއެވެ. ނޯޓް: މާބަނޑުދުވަސްވަރު މިމާމުއި ބޭނުންކުރުން ރަނގަޅެއްނޫނެވެ. ބޭނުންކުރާނެ ގޮތްދުވާލަކު ދެއިރަކަށް ސައިސަމްސަލެއްގެ މާމުއި ބޯލާފަ…
ހުއިސުން ނުވަތަ އިންޑިއަން ކޮސްޓަސް އަކީ ވަރަށް ކުރީއްސުރެންވެސް ތަފާތު ބޭހާއި ތެޔޮ ތައްޔާރުކުރުމަށާއި ކާތަކެތި ތައްޔާރުކުރުމުގައި ބޭނުންކޮށް އުޅުނު އޭގައި ޞިއްޙީ އެތައް ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ހުއިސުން ގަހަކީ ޢާންމުކޮށް 2 މީޓަރަށް ބޮޑުވާ ގަހެކެވެ. މިގަހަކީ ހިންދުކަރައިގައާއި އޭޝިއާގައި ވަރަށް ގިނައިން ހެދޭ ގަހެކެވެ. ހުއިސުން ގަހުން ބޭސް ތައްޔާރުކުރުމަށް ޢާންމުކޮށް…
މިމާމުއި އަކީ ދަރިމައިނުވުމަށް މެދުވެރިވާ މައްސަލަތަށް ހައްލުކޮށްދިނުމަށް އެހީވެދޭ މިކަމަށް ޚާއްސަ މާމުއިއެކެވެ ބޭނުންކުރާނެ ގޮތްހެނދުނު ހުސްބަނޑާހުރެ ސައިސަމްްސަލެއްގެ މާމުއި އަދި ރޭގަނޑު ނިދުމުގެ ކުރިން ސައިސަމްސަލެއްގެ މާމުއި ބޯލާނީއެވެ. ބަލިވެއިންނަންދެން މިމާމުއި މިގޮތަށް ބޭނުން ކުރެވިދާނެއެވެ.
ލޯމިއާމާމުއިއަކީ ހުންއައުމާއި ކަރުހިކި އަޑުބޭރުނުވުމަށާއި ނޭވާލާން އުނދަގޫވެ ނޭވާކުރުވުމަށާއި އަރިދަފުސް ރޯގާއަށާއި ނޭވާލާއިރު މޭގަރިއްސުމަށާއި ވައިގެއުނދަގޫތަކަށާއި ބަނޑުހަރުވުން ފަދަ ކަންކަން ރަނގަޅުކޮއްދިނުމަށް އެހީވެދޭ މާމުއިއެކެވެ. މިމާމުއަކީ ތައިރޮއިޑްގެ އުނދަގޫތަކަށްވެސް ރަނގަޅުމާމުއި އެކެވެ. (ޚާއްސަކޮށް ގޮތްނޭނގޭ އެތަށް ވައިރަސްތަކާއި ދެކޮޅަށް މަސައްކަތް ކުރާ މާމުއިއެކެވެ) ބޭނުންކުރާނެ ގޮތްއިންޗިއެއްހާ އިނގުރުކޮޅެއް 1 ތަށި ފެނުގެ ތެރެއަށް ތުނިކޮށްކޮށާލާފައި ރަނގަޅަށް…
ހިލިބޭހަކީ ވިހެއުމަށްފަހު ދިމާވާ ގިނަ މައްސަލަތައް ހައްލު ކޮށްދިނުމަށް އެެހީތެެރިވެދޭ ޚާއްސަ ބޭހެކެެވެ. އެެގޮތުން ބަނޑުގެެ ފާރުހިއްކުމަށް، ވައިގެ އުނދަގޫތަކަށް، ބަނޑުހަރުވުމަށް، ބަރުދަން ލުއިކުރުމަށް އަދި ރަޙިމުގެ ތަފާތު މައްސަލަތައް ރަނގަޅު ކޮށްދިނުމަށް އެެހީވެެދޭ ބޭހެކެެވެ. ނޯޓް : މާބަނޑުދުވަސް ވަރު މިބޭސް ބޭނުންކުރުން ރަނގަޅެއް ނޫނެވެ. ބޭނުންކުރާނެ ގޮތްދުވާލެެއްގެ ތިންއިރު އިރަކު މަދުވެގެން 3…