އެޕްރީލް މަހުގެ 2 ވާ ހުކުރުދުވަހަކީ 2021 ވަނަ އަހަރުގެ ދުނިޔޭގައި އޯޓިޒަމް އަށް ހޭލުންތެރިކުރުން ފާހަގަކުރާ ދުވަހެވެ. މިދުވަހާއި ގުޅިގެން ޝުބާސް ޙިޖާމާ ކްލިނިކުގެ ފަރާތުން އިސްނަގައިގެން އޯޓިޒަމް ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ޙިޖާމާ ފަރުވާ ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އޯޓިޒަމް ހުންނަ ކުދިންނަށް ޙިޖާމާގެ ފަރުވާ ހޯއްދަވަން ނަންނޯޓް…
މުޅިދުނިޔޭގައިވެސް ޞިއްޙީގޮތުން އެންމެ ފައިދާބޮޑު މޭވާގެ އެއްބާވަތަކީ ކަދުރެވެ. މައިގަނޑު ކެއުމެއްގެ ގޮތުގައި ކުރީ ޒަމާންތަކުގައި ޢާއްމުކޮށް ބޭނުންކޮށްއުޅުނު އެކައްޗަކީވެސް ކަދުރެވެ. ކަދުރަކީ ރުކެއްގައި އަޅާ، ފޮނިރަހަ ހުންނަ މީރު މޭވާއެކެވެ. ކަދުރު ރުއް ޢާއްމުކޮށް ހެދެނީ ނުވަތަ ހައްދާ އުޅެނީ ހޫނުގަދަ ބިންތަކުގައާއި ހަނަފަސް ހިސާބުތަކުގައެވެ. ކަދުރު ރުއް ހިމެނެނީ ދުނިޔޭގައި އެންމެ ޒަމާންވީ…
އިންސާނުން ދުޅަހެޔޮކަންމަތީ ތިބުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން މި ލިޔުމުގައި ބަޔާންކޮށްލެވޭތޯ މަސައްކަތްކޮށްލާނަމެވެ. އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ދިފާޢީ ނިޒާމްއަކީ ވަރަށް ވަރުގަދަ ވަރަށް ފުރިހަމަ ނިޒާމެކެވެ. ނަމަވެސް އިންސާނާގެ ހަށިގަނޑުގެ ހުރިހާ ނިޒާމެއް ފުރާފުރިހަމަ އަށް އުފެދި ނިމުމަށްފަހު އުމުރުން ދުވަހެއް ނިމިގެންދާ ވަރަކަށް މި ދިފާޢީ ނިޒާމުގެ ބާރުވެސް ދާނީ ދުވަހެއްދުވަހަކަށް ދަށްވަމުންނެވެ….
الله تبارك وتعالى ޚަލްޤު ކުރެއްވެވި ކޮންމެ އެއްޗަކަށްވެސް ނިމުން އަންނާނެއެވެ. الله تبارك وتعالى ގެ ޒާތުފުޅު ފިޔަވައި ދުނިޔެއާއި އުޑުތަކާއި އަދި މުޅިކާއިނާތުގައިވާ ދިރުން އެއްކޮށް މަރުވެ ހަލާކުވެ ނެތިގެންދާނެއެވެ. މަރަކީ އަޅުގަނޑުމެންނަށް ދުނިޔެމަތީގައި ޔަގީންވާ އެންމެ ބޮޑު ހަގީގަތެވެ. الله تبارك وتعلي ވަޙީކުރައްވާފައިވެއެވެ: «ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެތެވެ»….
އާމަނަކަ ގަސް ނުވަތަ ކާސްޓަރ އޮއިލް ޕްލާންޓް އަކީ ފަސޭހައިން ހައްދާލެވޭ އަދި ރާއްޖޭގެ ގިނަ ރަށްރަށުންވެސް ލިބެންހުންނަ މިގަހުގެ ހުރިހާ ބައެއްވެސް ބޭސް ތައްޔާރުކުރުމަށް ބޭނުންކުރެވޭ ފައިދާ ބޮޑު ގަހެކެވެ. އާމަނަކަ ގަހުގެ އަސްލު އުފެދިގެން އައިސްފައިވަނީ އެފްރިކާއިން ކަމުގައި ބުނެވެއެވެ. އާމަނަކަ ގަހުގެ ފަތަކީ ހިތިކަން ހުންނަ އޮފު ފެހިކުލައިގައި ހުންނަ ފަތެކެވެ….
ބޮލުން ހަންފޮޅި ބޮލުން އިސްތަށި ފައިބާނަމަ ނުވަތަ ބޮލުންހަންނުފޮޅި ވިޔަސް ބޮލުން އިސްތަށި ފޭބުމަކީ މިހާރަކަށް އައިސް އަންހެނުންނަށާއި ފިރިހެނުންނަށްވެސް ދިމާވާ އެއްބައިފަހަރު ކަންބޮޑުވާ ދަރަޖައަށްދާވަރުގެ މައްސަލައެކެވެ. ދިރާސާތަކުން އެނގޭ ގޮތުގައި އެއްދުވަސްތެރޭގައި ގާތްގަނޑަކަށް 100 ވަރަަކަށް އިސްތަަށި އިންސާނެއްގެ ބޮލުން ފައިބާ ކަމުގައިވެއެވެ. އެއީ ނިދުމުގެ ތެރެއިންނާއި ފެންވަރާވަގުތު އިސްތަށިގަނޑު ދޮންނަ އިރުގައާއި އިސްތަށިގަނޑު…
ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑާއި ކުރައްވާ ސުވާލެއް އޮވޭ. އެއީ ބަނޑު ހިންދާލެވޭނެ ގޮތެއް ނެތްތޯ؟ ނުވަތަ ޝުބާ އުފައްދާ އެއްޗެހީގެ ތެރޭގައި ބަނޑުހިންދާލަން ބޭނުންކުރެވިދާނެ އެއްޗެއް ހުންނާނެތޯ؟ އެފަރާތްތަކަށް އަޅުގަނޑު ދީފައިވާނެ ޖަވާބަކީ ބަނޑުހިންދާލުމަށް އަޅުގަނޑު އަދި އެއްޗެއް ތައްޔާރުކޮށްފައިނުވާނެވާހަކަ. ނަމަވެސް މިއަދު އަޅުގަނޑު ޙިއްސާކޮށްލަދޭން މިއުޅެނީ ކުޑަ ހިތްވަރެއް ކޮށްލައްވައިގެން މިކަން ކުރެވިއްޖެނަމަ…
ފުރަގަސްފަރާތު ބައްޔަކީ ވަރަށް ގިނަ ބަޔަކު އެބައްޔެއްގެ ވޭނާއި އުނދަގޫ ތަޙައްމަލް ކުރަންޖެހިފައިވާ ވަރަށް ޢާއްމު ބައްޔަކަށްވަނީ ވެފައެވެ. ފުރަގަސްފަރާތު ބަލީގައި ވޭންބޮޑުވެ ރިއްސާރިހުމުގެ އިޙުސާސް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ފުރަގަސްފަރާތު ދޮރާއި ދޮރުގެ ވަށައިގެންވާ ހިސާބަކީ ވަރަށް ނާޒުކު ހިސާބަކަށްވާތީއެވެ. އިނގިރޭސި ބަހުން މިބައްޔަށް ކިޔަނީ ހެމަރޮއިޑްސް ނުވަތަ ޕައިލްސްއެވެ. މި ބަލި…
މުރަނގަ ގަހަކީ ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކެއްގައި ހެދޭ ޚާއްސަކޮށް ޓްރޮޕިކަލް ހިސާބުތަކުގައި ގިނައިން ހެދޭ އަދި އެގަހަކުން ގިނަ ބޭނުންތަކެއް ކުރެވޭ ވަރަށް ފައިދާ ބޮޑުގަހެކެވެ. މުރަނގަ ގަހަށް އިނގިރޭސި ބަހުން ޑްރަމްސްޓިކް ޓްރީ، ހޯސްރެޑިޝް ޓްރީ އަދި ބެން ޓްރީ ގެ ނަންތަކުން ނަން ދެވިފައިވެއެވެ.އެގޮތުން ވަރަށް ކުރީއްސުރެންވެސް މިގަހުގެ ބޭނުން ބޭސްވެރިކަމުގައާއި…