Fetured Image
ދީނީ މަޢުލޫމާތު

ޙިޖާމާގެ ޚިދުމަތް އެެންމެ ހެޔޮއަގުގައި!

ހެެޔޮއެދޭ އަޚުންނާއި އުޚްތުންނަށް ، ٱلسَّلَامُ عَلَيْكُمْ.

ކޮވިޑްގެ މިދަތިޙާލަތުގައި އަޅުގަނޑުމެންގެ އިޤްތިޞާދަށް މިވަނީ ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އަޅުގަނޑުމެންގެެ ޚިދުމަތް ހޯއްދަވަމުންދާ ފަރާތްތަކާއި އަދި ޙިދުމަތް ޙޯދަވަންބޭނުންފުޅުވާ ފަރާތްތަކަށް ލުޔެއްދީ މިއިޤްތިޞާދީ ހީނަރުކަމުގައި ބައިވެެރިވުމުގެ ނިޔަތުގައި ،ޝުބާސް ޙިޖާމައިން މިއަދުން ފެށިގެެން ޙިޖާމާގެ ޚިދުމަތް އަގުހެެޔޮވެފައިވާ ވާހަކަ ވަރަށް އުފަލާއި އެެކު ދަންނަވާލަމެެވެެ.

އެގޮތުން އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖްގައި ވާނީ އިންފަރޓިލިޓީއަށް މިއަހަރުގެ ނިޔަލަށް އަގަކާނުލާ ޙިޖާމާގެ ފަރުވާ ދެވޭނެވާހަކަ އިއުލާން ކޮށްލާފައެވެ. އަދި މީގެއިތުރުން ކޮންމެ ބައްޔަކަށްވެސް ފުރަތަމަ ސެޝަންއަށް 500ރ ، ދެވަނަ ސެޝަންއަށް 400ރ އަދި ތިންވަނަ ސެޝަންއަށް 300ރ އަށް ޙިޖާމާގެ ފަރުވާދެވޭނެވާހަކަ ދަންނަވާލަމެވެ. އަދި އެއްބައްޔަކަށް ތިންފަހަރަށް ވުރެއް އިތުރުވާ ކޮންމެެފަހަރަކަށްވެސް 300ރ އަށް ޙިޖާމާގެ ފަރުވާދެވޭނެއެެވެ.

ކެންސަރ ބައްޔަށް ޙިޖާމާގެ ފަރުވާ ހޯއްދަވާފަރާތް ތަކަށް އަޅުގަނޑުމެންގެ ފަރާތުން ޙިޖާމާގެ ފަރުވާ އަގަކާނުލާ އަބަދުވެސް ދެވޭނެ ވާހަކަ އުފަލާއިއެކު ދަންނަވާލަމެވެ.

މީގެ އިތުރުން ބަރުދަންލުއިކުރުމަށް ޙިޖާމާގެ ފަރުވާ ހޯއްދަވާފަރާތްތަކަށް ކޮންމެ ސެޝަނަކަށް 500ރ އަށް ޚިދުމަތް ދެވޭނެވާހަކަވެސް ދަންނަވާލަމެވެ.

އަޅުގަނޑުމެންގެ ޙިޖާމާގެ ޙިދުމަތް މިވަނީ އޮގަސްޓް މަހުގެ 1 ކުން ފެށިގެން ފައްޓާފައެެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 ން ފެށިގެން މެދުކެެނޑުމެއްނެެތި އަޅުގަނޑުމެންގެ ކްލިނިކް ހުންނާނީ ރޭގަނޑު 10:00 އާހަމައަށް ހުޅުވިފައެވެެ. ޙިޖާމާ ޖެހުމުގެ ޙިދުމަތާއިއެެކު އަޅުގަނޑުމެން ހަރބަލް އުފެއްދުންތަށް ބައްލަވައިގަތުމުގެ ފުރުޞަތު ލިބިގެެން ދާނެއެވެ.

އަދި އަންހެެން ކަނބަލުންނަށް ހެނދުނު 09:00 ން ފެށިގެން ހަވީރު 06:00 ށް ޙިޖާމާ ޖެހުމުގެެ ޚިދުމަތް މެދުކެެނޑުމެެއްނެެތި ކުރިއަށްދާނެއެެވެ. ހުކުރު ދުވަހުގެެވެެސް މެންދުރު ފަހު 02:00 ން 07:00 ށް އަންހެން ކަނބަލުންނަށް ޙިޖާމާގެ ޚިދުމަތް ދެވޭނެއެެވެ. އަދި ރޭގަނޑު 08:00 ން 10:00 ށް ފިރިހެންބޭފުޅުންނަށް ޙިޖާމާގެ ޚިދުމަތް ދެވޭނެއެެވެ.

ކޮވިޑްގެ މިނުރައްކާތެެރި ޙާލަތުގައި ކްލިނިކް އަށް ދުރުވާ ހުރިހާ ބޭފުޅުންވެސް އެޗް.ޕީ.އޭގެ ހުރިހާ އެންގެވުންތަކަށް ސަމާލުވުމަށް ވަރަށް އަދަބުވެރިކަމާއި އެކު ދަންނަވާލަމެވެ. އެގޮތުން ގައިދުރުކުރުން އިސްކުރުމާއި ، މާސްކުއެޅުއްވުމާއި އަދި ސެނެޓައިޒަރ ބޭނުންކުރުން އެދެެމެވެ.