Fetured Image
ދަރިމައިވުމަށް ޙިޖާމާ

ދަރިމައިވުމަށް ޙިޖާމައިން ފަރުވާ

އަޅުގަނޑުމެންގެ ތެރޭގައި މައިވަންތަކަމުގެ އުފަލުން މަޙްރޫމު ވެފައިވަނީ އެތަކެއް އުޙުތުންނެެކެެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއި ތަނަވަސްކަން ނެތުމުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ލިބޭ އަގުބޮޑު ފަރުވާ ހޯދުމަށް ގިނަބަޔަކަށް ވަނީ އުނދަގޫވެފައެވެ.

ޙިޖާމާގެ ފަރުވާއަކީ ކީރިތި ރަސޫލާ صلى الله عليه وسلم މިއުންމަތަށް ގެނެސްދެެއްވާފައިވާ ގިނަގުނަ ބަލިތަކަށް ފަރުވާލިބޭ އޭގެ ފައިދާ އެކިގޮތްގޮތުން ލިބޭ ސުންނަތުން ސާބިތުވާ ކަމެކެެވެ. ދަރިމައިވުމަށް ޙިޖާމާގެ ފަރުވާދިނުމަކީ ދުނިޔޭގެ އެެކި ހިސާބުތަކުގައި ކުރަމުން އަންނަކަމެކެެވެެ. އަދި އަޅުގަނޑުމެެންގެެ މިކުޑަކުޑަ މުޖްތަމަޢު ތޭރޭގައި މިފަހަކަށް އައިސް އަށަގަންނަމުންދާ ރީތި ސުންނަތެެކެެވެ.

ދަރިމައިނުވުމަށް ދިމާވާ ވަރަށް ގިނަ ސަބަބުތަށް ހުރެއެެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެެވޭ ބައެއް ސަބަބުތަށް ލިޔެެލާނަމެެވެ.

ފިރިމީހާގެ ދަރިފަނީގެ މޯޓިލިޓީދައްވުން
އަންހެނުންގެ އޯވިއުލޭޝަން ގެ މައްސަލަ ދިމާވުން
ހޯރމޯންއިންބެލެންސްގެ ސަބަބުން
ޕީސީއޯއެސް (ޕޮލިސްޓިކް އޯވަރީ ސިންޑްރޯމް) މައްސަލަހުރުން
ފެލޯޕިއަން ޓިއުބްސް އަށް ދިމާވާ މައްސަލަތައް
ބަނޑުގެ ކުރެވިފައި ހުންނަ ސަރޖަރީއަކުން
އެންޑޯމެޓްރިއޯސިސްގެ ސަބަބުން
ރަޙިމުގެ ތަފާތު މައްސަލަ ހުރުމުގެ ސަބަބުން
ތައިރޮއިޑްގެ މައްސަލައާއި ހުރެ

މަތީގައި ދަންނަވާލެވިފައި އެވަނީ ދަރިމައިނުވުމަށް ދިވެެހިންގެެ ތެެރޭޭގެއި އަޅުގަނޑުމެންނަށަ ފާހަގަ ކުރެެވޭ އެންމެ އާންމު ސަބަބުތަކެެވެ. މީގެ އިތުރުންވެސް ދިމާވާ މައްސަލަތައްހުރުން އެކަށީގެެންވެއެވެެ.

ޙިޖާމައިން ދަރިމައިވުމަށް ފަރުވާލިބޭ ގޮތްތަށް

ޙިޖާމާގެ ފަރުވާގެ ސަބަބުން ރަހިމުގެ ލޭގެހިނގުން ރަނގަޅުވެ ރަހިމު ދުޅަހެޔޮކޮށްދީ ރަޙިމުގައި ދަރިއަށަގަތުމުގެ ފުރުޞަތު ފަހި ކޮށްދިނުން
ޙިޖާމާ ފަރުވާގެ ސަބަބުން އޯވަރީގައި އުފެދޭ ސިސްޓުތަކުގެ ބާރުދަށްވެ ސިސްޓުތައް ނެތިގެން ދިއުމަށް މަގުފައިވުން.

ފައިބްރޮއިޑްސް ނުވަތަ އިންފެކްޝަނެއް އުފެދިގެން ނުވަތަ މިނޫނަސް ފެލޯޕިއަން ޓިއުބް ބެދެން މެދުވެރިވާ އެހެން ސަބަބުތަކާއި ހުރެ ބެދިފައި ހުންނަމަ ޙިޖާމާގެ ފަރުވާއިން ފެލޯޕިއަންޓިއުބް ބެދެންމެދުވެރިވާ ސަބަބުތަކުގެ ބާރުކުޑަކޮށްދީ އަދި ފެލޯޕިއަންޓިއުބްގެ ޖާގަ ތަނަވަސްކޮށް ދިނުމަށް މަގުފަހި ކޮށްދެއެވެ. އަދި ބިސް ރަހިމާއި ހަމައަށް ފަސޭހަކަމާއިއެކު ވާސިލްވުމަށް މަގުފަހި ކޮށްދެއެވެ.

އަންހެނުންގެ ބިސްއުފައްދައިދިނުމަށް އެޅޭ ހުރަހެއްކަމުގައިވާ ގިނަދުވަސް ވެފައިހުންނަ ވިހަމާއްދާތައް އެކުލޭވޭ ބޭކާރުލޭ ޙިޖާމާގެ ފަރުވާގެ ސަބަބުން ބޭރުވުމުން ދުޅަހެޔޮ ބިހެއް އުފައްދައި ދިނުމަށް މަގުފަހިވެއެވެ.

ޙިޖާމާ ފަރުވާގެ ސަބަބުން ފިރިހެނުންގެ މައިގަނޑުޖިންސީ ހޯރމޯންސްކަމުގައިވާ ޓެސްޓޯސްޓްރޮން އަދި ދަރިފަނިއުފައްދައިދޭޭ ޓެސްޓިސްގެ ލޭގެ ހިނގުން ރަނގަޅުކޮށްދެއެވެ. އޭގެ ސަބަބުން ރަނގަޅު މިންވަރަކަށް ދަރިފަނި އުފައްދައިދިނުމަށް މަގުފަހިވެގެން ދެއެވެ.

ޙިޖާމާގެ ފަރުވާގެ ސަބަބުން ފިރިހެނުންގެ ދަރިފަނިތައް ބޭރުވުމުގެ ކުރިން ޖަމާވެފައިހުންނަ އަދި ދަރިފަނިބޭރުކުރުމަށް ދަތުރުކުރާޓިއުބް އިންނަ އެޕިޑިޑިމިސްގައި ހުންނަ އެޑީމާގެ އަސަރުކުޑަކޮށްދިނުމުގެ ސަބަބުން ލިމްފެޓިކް ނިޒާމުގެ ހިނގުން ރަނގަޅުކޮށްދެއެވެ. މީގެ ސަބަބުން ދަރިފަނިބާރު މިންގަނޑެއްގެ ބޭރުވުމަށް މަގުފަހިވެއެވެ.

ޙިޖާމާ ފަރުވާގެ ސަބަބުން ލޭގައި ދައުރުވަމުންދާ ގެއްލުންދެނިވި ވިހަމާއްދާތައް އެކުލެވޭ ލޭބޭރުވުމުން ދުޅަހެޔޮ ރަނގަޅު ދަރިފަނިއުފައްދައިދިނުމަށް އެހީވެދެއެވެ.

ނިންމާލަމުން އަޅުގަނޑުމެންގެ ދުޢާ އަކީ ކޮންމެ ދެމަފިރިއަކައްވެސް މާތްﷲ ގެ ރަޙްމަތުން ހެެޔޮލާފާ ދަރިންތަކެއް މިންވަރުކޮށްދިނުމާއި އެެކަމަށް އެދި ދުޢާ ކުރަބޭފުޅުންގެ ދުޢާ އިޖާބަކުރެއްވުމުވެެ. އާމީން.