Fetured Image
އިސްލާމްދީނުގައި ޙިޖާމާޖެެހުން

ޙިޖާމާ އާއި ބެހޭ ކުރުތަޢާރަފެއް އަދި އިސްލާމްދީނުގައި ޙިޖާމާގެ ފަރުވާ

ޢަރަބި ބަހުންނަމަ ޙިޖާމާ ޖެހުން، ދިވެހިންކިޔާގޮތުންނަމަ ކަވާ ޖެހުން އަދި އިނގިރޭސި ބަހުންނަމަ ވެޓްކަޕިންގް އަކީ އެތަކެއްހާސް އަހަރުކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދިނުމުގެ ގޮތުން ކުރަމުން އައިސްފައިވާ ކަމެކެވެ.ދުނިޔެ ކުރިއަރަމުން އައިސް ޙިޖާމާގެ ފަރުވާވެސް ވަނީ ތަރައްޤީކުރެވި އެކަމުގައި ޒަމާނީ އާލާތްތަކާއި ގޮތްތައްބޭނުންކުރެވެންފަށާފައެވެ.ޙިޖާމާޖެހުމުގައި ޢާންމުކޮށް ދެގޮތަކަށް ޙިޖާމާގެ ފަރުވާދެވެއެވެ.އޭގެ ތެރެއިން އެއްގޮތަކީ ތޫނުއެއްޗަކުން ލޭ ނެރުމަށް ވަރަށް ތުނި ކެފުމަކުން ކަފައިގެން ނުވަތަ ކަށިން ވަރަށް ކުޑަ މިންވަރަކަށް ދެހަންދޭތެރެ ތޮރުފައިގެން ޙިޖާމާ ޖެހުމެވެ.އަނެއްގޮތަކީ ކެފުމެއް އަދި ތޮރުފުމެއް ނެތް ގޮތުގައި ޖަހާޖެހުމެވެ.ތާރީޚު ދިރާސާ ކުރައްވާ ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މުޙަންމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ދުނިޔެއަށް އުފަންވެވަޑައިގަތުމުގެ ކުރިންވެސް ދުނިޔެއަށް ފޮނުއްވެވި އެތަކެއް ރަސޫލުންނާއި ނަބީބޭކަލުންވެސް ޙިޖާމާގެ ފަރުވާ ކުރެއްވެވިއެވެ.އަދި އެއްބައި ތާރީޚީ ފޮތްތަކުން އެނގޭ ގޮތުގައި އެތަކެއް ސަތޭކައަހަރުކުރިންވެސް ޙިޖާމާގެ ފަރުވާ ޢަރަބިންގެ މެދުގައާއި ޤަދީމީ މިޞްރުގެ މީހުންނާއި ސީނުކަރައިގެ މީހުންގެ މެދުގައި ދެވެމުންއައިސްފައިވެއެވެ.ކުރީގެ އެކިއެކި ޒަމާންތަކުގައި ޙިޖާމާގެ ފަރުވާ ދިނުމުގައި އެކިކަހަލަ އެއްޗެހި ބޭނުންކޮށް އުޅުނެވެ.


ކީިރިތި رسول الله صّلى الله عليه وسّلم ޒަމާނުގައި ޙިޖާމާވަނީ އިސްލާމްދީނުގެ އުސޫލުތަކާއި ޤަވައިދުތަކުގެ ތެރެއިން އުނގަންނަވާދެއްވަވާފައެވެ.އިސްލާމް ދީނުގައި ޙިޖާމާއިން ޖިސްމާނީ އަދި ރޫޙާނީ އުނދަގޫތަކާއި ބަލިތަކަށް ފަރުވާހޯދުމަށް ވަނީ ބާރުއަޅުއްވާފައެެވެ.


ޙިޖާމާގެ ސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގިނަދުވަސްވެ ނުބައިވެފައި ހުންނަ ލޭ ޕްރެޝަރގެ ޒަރީޢާއިން ބޭރުކޮށްލައެވެ.ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ޙިޖާމާގެ ސަބަބުން ލޭގައި ހުންނަ އެކި ވިހަ މާއްދާތައް ހަށިގަނޑުން ބޭރުވެ ސާފު ތާޒާ ލޭ އުފައްދައިދިނުމަށް އެހީވެދެއެވެ.އަދި މީގެ ސަބަބުން ބަލިތަކުން ހަށިގަނޑު ދުރުކޮށްދީ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ބާރަކަށްވެއެވެ.


ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްރާ އާއި މިޢުރާޖް ކުރެއްވުނުރޭގައި ތަފާތު ޢަޖައިބު ކުރުވަނިވި ޙާދިސާ ތަކާއި އެކަލޭގެފާނާއި ކުރިމަތިވެވަޑައިގަތެވެ.އެގޮތުން އެރޭ ﷲ ގެ އަމުރުފުޅަށް އެކަލޭގެފާނާއި ބައްދަލުވެ ވަޑައިގަންނަވާ ކޮންމެ މަލާއިކަތަކުވެސް އެކަލޭގެފާނަށް ނަޞޭޙަތްތެރިވެވަޑައިގެން އިރުޝާދުދެއްވާފައިވަނީ އެކަލޭގެފާނުގެ އުންމަތަށް ޙިޖާމާގެ ފަރުވާއިން ފަރުވާކުރުމަށް އަމުރުކުރައްފާއެވެ.

ގުޅުންހުރި އަރޓިކަލްތައް

ޙިޖާމާ ޖަހަން ސުންނަތްކަން ގަދަދުވަސްތައް

ނޮވެމްބަރ 2020 - رَبِيْعُ الأَوّل 1441
03 05 07